
ރައީސް ނަޝީދު, ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ އަޙްމަދު އާއި ބައްދަލު ކުރައްވައިފި

އާމިނަތު ޝަޒްލާ - 23 ޖޫން 2026 - 12:13
އެމްޑީޕީގެ ޗެއަރޕާސަން, ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ އަޙްމަދު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ މާލޭގައި ހުންނަ އެމްޑީޕީ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ޕާޓީގެ ކުރިމަގާއި ކުރިއަށް އޮތް އިންތިހާބުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ގދ. ތިނަދޫގައި އެމްޑީޕީގެ ހަރަކާތްތައް ރާވައި ހިންގައި އިންތިޒާމް ކުރުމައި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރެވިފައެވެ.

އަބްދުﷲ އަހުމަދު އެމްޑީޕީ އާއި ގުޅިވަޑައިގަތީ މިމަހުގެ 7 ވަނަ ދުވަހުގެރޭ ގދ. ތިނަދޫގައި ބޭއްވި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވި "ބޮޑުބަދަލު" ކެމްޕޭން ޖަލްސާގައެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދަށް ތާއީދުކުރައްވައި އަބްދުﷲ އަހުމަދު ވިދާޅުވީ، މިއީ އެމްޑީޕީ ނިދާފައި އޮންނަންވީ ވަގުތު ނޫން ކަމަށާއި، މިއީ މުޅި ޤައުމު ހޭލައްވާލުމަށް އެ ޕާޓީ އިސްނަގައިގެން ތެދުވަންވީ ވަގުތު ކަމަށެވެ.
ރައީސް ނަޝީދުގެ ބޮޑު ބަދަލުގެ ތަސައްވަރު އަދި ބޮޑު ގައުމީ ހަރަކާތަކަށް ބަދަލު ކުރަން ތިނަދޫއިން ނަމޫނާ ދައްކުމުގައި އޭނާ އެންމެ ކުރީގައިި ހުންނަވާނެ ކަމަށް އަބްދުﷲ އަހްމަދު ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވި މެންބަރުންގެ ތެރޭގައި ހިމެނޭ އަބްދުﷲ އަހުމަދު އަކީ ތިނަދޫ ރައްޔިތުންގެ މެދުގައި ބޮޑު ތާއީދަކާއި އިޙްތިރާމެއް ލިބިވަޑައިގެންފައިވާ ސިޔާސީ ހަރުދަނާ ޝަޚްޞިއްޔަތެކެވެ.
2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އޭނާގެ ގޮނޑީގެ ޞައްޙަކަން ކަށަވަރުކޮށްދިނުމުން، އޭގެ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ވެސް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޓްސްއެޕްގެ ސީއީއޯ އަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި
20 މިނިޓު ކުރިން

ވެލާނާ އެއާޕޯޓުން މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
20 މިނިޓު ކުރިން

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ، ޝުކުރު ދަންނަވައިފި
20 މިނިޓު ކުރިން

ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)