logo

ސިނގިރޭޓު އަގުހެޔޮކުރުމާ ބެހޭގޮތުންކުރި ސުވާލަށް މިނިސްޓަރ ގީލާ ޖަވާބެއް ނުދެއްވި

profile

އާމިނަތު ޝަޒްލާ - 23 ޖޫން 2026 - 08:14

މި ސަރުކާރުން ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ ގުޅޭގޮތުން، ވައިކަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަށް ފަހުން ޖަވާބުދެއްވާނެ ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ ބޮޑުބައެއް ނަފުސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލާއި އެ ދާއިރާގެ މަޝްވަރާތަކަށް ހޭދަވި ނަމަވެސް، ސިނގިރޭޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅޭގޮތުން މެންބަރު ޒިޔާދު ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން، މިފަދަ ނިންމުމެއް ސަރުކާރުން ނިންމެވީ ކޮން އުސޫލަކުން ވިސްނަވައިގެންތޯ މެންބަރު ސުވާލު ކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނޮވެންބަރު 2024 ގައި ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.50 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރުމަށްފަހު، އިއްޔެ ސަރުކާރުން ވަނީ އެ އަގު 4 ރުފިޔާއަށް ކުޑަކުރުމަށް އިޞްލާޙެއް ހުށަހަޅާފައެވެ. މި ބަދަލާ ގުޅިގެން ޞިއްޙީ ދާއިރާގެ މާހިރުންނާއި އާންމު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް މި އިޞްލާޙު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ހިތްވަރު ދިނުމާއި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނޭ ފަދަ އިޤްތިޞާދީ މާޙައުލެއް ބިނާކުރުމެވެ.

މި އިޞްލާޙުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިތުރުން، ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ބަދަލުކޮށް، އެޑްވެލޮރަމް ޑިއުޓީ %30 އަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، ނިކޮޓިން ޗުއިންގަމާއި ޕެޗް ފަދަ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުންވެސް މި އިޞްލާޙުގައި ހިމެނެއެވެ.

2024 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން ޑިއުޓީއަށް ގެނައި ބަދަލާއެކު، ބާޒާރުގައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 110 ރުފިޔާއިން 250 ރުފިޔާއަށް އުފުލިފައެވެ. ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދިޔަ ނަމަވެސް، ސަރުކާރުން ދަނީ އެ ނިންމެވުން ދިފާއުކުރައްވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk