
ނަފްސާނީ ބަލީގެ ބޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: ގީލާ

އާމިނަތު ޝަޒްލާ - 23 ޖޫން 2026 - 06:12
ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ބޭނުންކުރާ ބޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓަރު ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ޚާއްޞަ ބޭސްތަކަކީ ވަކި އުސޫލުތަކަކާއި ކޯޓާތަކެއްގެ ދަށުން ރާއްޖެއަށް އެތެރެކުރެވޭ ބޭސްތަކެއް ކަމަށެވެ. އަދި މި ބޭސްތައް ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ދެންނެވެން ނެތް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ނަމަވެސް ރިހެބިލިޓޭޝަނަށް ބޭނުންވާ ބޭހާއި ބައެއް ޚާއްސަ އިންޖެކްޝަންތައް ނުލިބޭ މައްސަލަ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެންނަވާފައެވެ. މީގެ އިތުރުން، ބޭސް ނުލިބޭތީ ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ޝަކުވާކުރަމުންދެއެވެ.
މީގެ ކުރިން ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ފާމަސީތަކުގައި ހުރި ބޭސްތައް ބަލައިގެން ބޭސް ސިޓީ ލިޔެދިނުމަށް ޑޮކްޓަރުންނަށް މިނިސްޓަރު އިރުޝާދު ދެއްވުމާ ގުޅިގެންވެސް އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އެކަމަނާއަށް ވަނީ އަމާޒުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޓްސްއެޕްގެ ސީއީއޯ އަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި
6 ގަޑިއިރު ކުރިން

ވެލާނާ އެއާޕޯޓުން މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
6 ގަޑިއިރު ކުރިން

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ، ޝުކުރު ދަންނަވައިފި
6 ގަޑިއިރު ކުރިން

ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)