.webp&w=3840&q=75)
މެންޓަލް ހޮސްޕިޓަލު މާލޭގަ އަޅަން ނިންމީ އެންމެ ގިނަ މީހުން ފަރުވާ ހޯދާ ސަރަހައްދަށްވާތީ: ގީލާ

އާމިނަތު ޝަޒްލާ - 23 ޖޫން 2026 - 06:12
މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް ބިނާކުރުމަށް ނިންމެވީ، އެ ޚިދުމަތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އަދި އެންމެ ގިނަ ބަޔަކު ފަރުވާ ހޯދަމުންދާ ސަރަހައްދަކީ މާލެ ކަމަށްވާތީ ކަމުގައި ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު ގީލާ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދެއްގައި މިފަދަ ހޮސްޕިޓަލެއް އެޅުމާ ގުޅޭގޮތުން ވަކި ޚާއްޞަ ދިރާސާއެއް މިހާތަނަށް ކުރެވިފައި ނެތް ނަމަވެސް، މިފަދަ ނިންމުންތައް ނިންމަވަނީ ޚިދުމަތަށް އޮތް ބޭނުންތެރިކަމަށާއި ލިބެންހުރި ވަސީލަތްތަކަށް ރިޢާޔަތްކުރައްވައިގެން ކަމަށެވެ. އެގޮތުން، ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނަފްސާނީ ފަރުވާގެ 70،000 އަށްވުރެ ގިނަ ކޮންސަލްޓޭޝަންގެ ތެރެއިން 45،000 އަށްވުރެ ގިނަ ފަރުވާ ފޯރުކޮށްދެވިފައިވަނީ މާލެ ސަރަހައްދުގައި ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަކީ ޚާއްޞަ ނިޒާމެއްގެ ދަށުން ކުރިއަށްގެންދަންޖެހޭ ކަމަކަށްވާތީ، ވަކި ހޮސްޕިޓަލެއް ހުރުމުގެ މުހިންމުކަން ވަޒީރު ބަޔާންކޮށްދެއްވިއެވެ. އަދި މި މަޝްރޫޢުގެ ދަށުން ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާކަންވެސް ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުންދިޔަ 60 މީހަކަށް އެކަށީގެންވާ ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ނެރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން އިފްތިތާޙުކުރި "މެންޓަލް ހެލްތު ހެލްޕްލައިން" މެދުވެރިކޮށް މިދިޔަ އަހަރުގެ ތެރޭގައި 10،000 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
11 ގަޑިއިރު ކުރިން

ސިނގިރޭޓު އަގުހެޔޮކުރުމާ ބެހޭގޮތުންކުރި ސުވާލަށް މިނިސްޓަރ ގީލާ ޖަވާބެއް ނުދެއްވި
12 ގަޑިއިރު ކުރިން

ފެނަކައިގެ ރިޑަންޑެންސީން 20 މިލިޔަން ރުފިޔާ ސަލާމަތްވާނެ: ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު
14 ގަޑިއިރު ކުރިން
.webp&w=3840&q=75)
އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ
14 ގަޑިއިރު ކުރިން


.gif&w=3840&q=75)