
މުދަލަކީ އަހަރެމެން އިމްތިހާން ކުރެއްވުމަށް ޙަވާލުކުރައްވާފައިވާ އަމާނާތެއް: ޚުތުބާ

އާމިނަތު ޝަޒްލާ - 29 މޭ 2026 - 10:53
މުދަލަކީ އަހަރެމެންނަށްޓަކައި ލައްވާއިފައިވާ ތަކެތި ކަމުގައި ވިޔަސް، އޭގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތްﷲ ކަމަށާއި، މުދަލަކީ އަހަރެމެން އިމްތިހާނު ކުރެއްވުމަށް ޙަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކީ "ހޭދަކުރުމުގައި އިޤުތިޞާދުކުރުން" މިއެވެ.
ޚުތުބާގައި ބުނީ، މުދަލަކީ އަހަރެމެންނަށްޓަކައި ލައްވާއިފައިވާ ތަކެތި ކަމުގައި ވިޔަސް، އޭގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތްﷲ ކަމަށެވެ. އަދި މުދަލަކީ އަހަރެމެން އިމްތިހާނު ކުރެއްވުމަށް ޙަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށާއި، އަދި އެ މުދާ ހޯދުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތް ކުރާންވާނެ ކަމަށެވެ.
މުދާ ހޯދުމަށްފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެ ކަމަށާއި، އަދި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާންޖެހޭކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ޚުތުބާގައި ވަނީ، ދިރިއުޅުމުގެ ކަންތައްތަކާއި، ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނާން ޖެހޭކަމަށާއި، އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުވުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނޭކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަން ކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތް ކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަންކަން ކަމަށާއި، މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުން ދިނުމާއި، މުދާ ހަލާކު ކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫން ކަމަށް ވަނީ ޚުތުބާގައި ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
22 މިނިޓު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
ގަޑިއިރެއް ކުރިން

ޣައްޒާގެ %70 އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމަށް ނަތަންޔާހޫ އަމުރުކޮށްފި
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ދާއިމީ ވޯޓާރސް ލިސްޓް ނެރެފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)