
އިންފްލުއެންޒާ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 09:39
މި ދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާ ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ، މި ބަލިން ރައްކާތެރިވުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
ގަވާއިދުން ސައިބޯނިލައިގެން އަތް ދޮވުމަށް އާދަކުރުން
ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ނުވަތަ މީހުން ގިނަ ތަންތަނަށް ދާނަމަ މާސްކް އެޅުން
ކެއްސާ ނުވަތަ ކިނބިހިއަޅާ ވަގުތުތަކުގައި އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުން
ބަލިޖެހުމުން ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ބަލީގެ ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން.
މީގެ އިތުރުން، އަމިއްލަ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުން ހުއްޓުވުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް އެ އިދާރާއިން ވަނީ ބާރުއަޅުއްވާފައެވެ.
އިންފްލުއެންޒާގެ އިތުރުން މިދުވަސްވަރަކީ ޑެންގޫ ހުންވެސް ފެތުރެމުންދާ ދުވަސްވަރެއްކަން ފާހަގަކޮށް، މަދިރި އާލާވާ ތަންތަން ނައްތާލުމަށްވެސް އެޗްޕީއޭއިން ވަނީ ކުރިން އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނީ ސައީދު
ގަޑިއިރެއް ކުރިން

މިއަހަރު ހައްޖަށްދާ މީހުންނަށް ފޮއްޓާއި ކިޓް ހަައްޖު ކޯޕަރޭޝަނުން ހަވާލްކުރަން ފަށައިފި
ގަޑިއިރެއް ކުރިން

ޕާޓީ ބަދަލުކުރުން މަޖިލިސް މެމްބަރު ކަމުގެ ގޮނޑިގެެއްލޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފި
2 ގަޑިއިރު ކުރިން

ވިސާ އާއި ނުލާ 90 ދުވަހު އަޒަރުބައިޖާނަށް ދިވެހިންނަށް ދަތުރުކުރެވޭގޮތް ހަދައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)