logo

ސަރުކާރުގެ ސިޔާސީ މަގާމްތައް މިދަނީ މަދުކުރަމުން: ރައީސް

profile

މުޙައްމަދު ފަޟްލޫން - 31 އޯގަސްޓު 2026 - 12:45

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން، އެއް ކަމަކަށް ތަކުރާރުކޮށް ހިނގާ ޚަރަދުތައް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި، ދައުލަތުގެ ޚަރަދު ކުޑަކުރުމުގައި މި ސަރުކާރަށްވުރެ ބޮޑަށް އިސްނަގައިގެން މަސައްކަތްކުރާ އެހެން ސަރުކާރެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ރައިޓް ސައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، 6،000 އަށްވުރެ ގިނަ މުވައްޒަފުން މަދުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި މި ބަދަލުތަކާއެކު، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދަށްވުރެ ޖުމްލަ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތް ތަނުގައި މަދުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިނިސްޓަރ އޮފް ފައިނޭންސް ހަސަން ޒަރީރު މީގެކުރިން ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވާފައިވާ ގޮތުގައި، 2018 ވަނަ އަހަރު ނިމުނުއިރު އެ ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުންނެވެ. ނަމަވެސް، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ އަދަދު ބޮޑުތަނުން އިތުރުވެ، 2023 ވަނަ އަހަރު ނިމުނުއިރު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ 36،729 އަށް އަރާފައެވެ.

މިސަރުކާރުން ކުންފުނިތައް ރައިޓް ސައިޒް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިދިކޮޅުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

https://wamco.com.mv/
tel:+9607331319