
މަޑުއްވަރީގައި ހިންގި ޑްރަގްގެ ބޮޑު ވިޔަފާރިއެއް ފުލުހުން ހުއްޓުވައިފި

އާމިނަތު ޝަޒްލާ - 31 އޯގަސްޓު 2026 - 11:55
ރ. މަޑުއްވަރީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި، ރ. އަތޮޅު ޕޮލިސް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން މަޑުއްވަރީގެ ހަތް ގެއެއް ބަލައިފާސްކޮށް، ޖުމްލަ ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. ނަމަވެސް، އޭގެ ތެރެއިން ދެ މީހުން ފިޔަވައި ދެން ތިބި ފަސް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 53.05 ގުރާމު ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދުގައި ބަހައްޓާފައިވަނީ ރ. މަޑުއްވަރި، ބޮންތި، އުމުރުން 27 އަހަރުގެ މުޙައްމަދު މުޢިއްޒު އަދި އެ ރަށު ތުނޑި، 29 އަހަރުގެ އާދަމް ޢާޞިމްއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މުޙައްމަދު މުޢިއްޒުގެ ބަންދަށް 10 ދުވަސް އަދި އާދަމް ޢާޞިމްގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން އިތުރަށް ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
31 މިނިޓު ކުރިން

ކަސްޓަމަރުންގެ މައުލޫމާތު ބޭންކުންދޭނީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން: ބީއެމްއެލް
32 މިނިޓު ކުރިން

އެމްޑީޕީގެ ކޮންގްރެސް ބޭއްވެންދެން ގައުމީ މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
32 މިނިޓު ކުރިން

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުކަމަށް ޝިފާޒް އައްޔަނުކުރަން ގައުމީ މަޖިލީހުން ރުހުންދީފި
32 މިނިޓު ކުރިން


