
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)
އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުކަމަށް ޝިފާޒް އައްޔަނުކުރަން ގައުމީ މަޖިލީހުން ރުހުންދީފި

މުޙައްމަދު ފަޟްލޫން - 01 ސެޕްޓެމްބަރު 2026 - 05:33
އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުކަމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އައްޔަނުކުރަން ގައުމީ މަޖިލީހުން ރުހުންދީފިއެވެ.
ރޭ އެމްޑީޕީ އިން ބޭއްވި ގައުމީ މަޖިލީހުގައި ޝިފާޒް ޕާޓީގެ ޗެއަރޕާސަންގެ ނައިބު ކަމުގެ މަގާމަށް އައްޔަނުކުރަން ފެނޭތޯ ނެގި ވޯޓްގައި 30 މެމްބަރުން ވަނީ އޭނާ އެމަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް ވޯޓް ދީފައެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު ކަމުގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އަހްމަދު އިސްތިއުފާ ދެއްވާފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ކެމްޕޭންގައި އެހީތެރިވެދިނުމުގެ ގޮތުންނެވެ.
ޝިފާޒް އަކީ މީގެ ކުރިންވެސް އެމްޑީޕީގެ އިސް ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި، ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭގެ ފަހުން ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވުމަށްފަހު، ރައީސް މުހައްމަދު ނަޝީދާ އެކު އޭނާ ވަނީ އަލުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ގަޑިއިރެއް ކުރިން

ކަސްޓަމަރުންގެ މައުލޫމާތު ބޭންކުންދޭނީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން: ބީއެމްއެލް
ގަޑިއިރެއް ކުރިން

އެމްޑީޕީގެ ކޮންގްރެސް ބޭއްވެންދެން ގައުމީ މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
ގަޑިއިރެއް ކުރިން

އެކްސިޑެންޓްގައި އަނިޔާވި އަންހެންކުއްޖާ ނިޔާވެއްޖެ
ގަޑިއިރެއް ކުރިން


