
އެކްސިޑެންޓްގައި އަނިޔާވި އަންހެންކުއްޖާ ނިޔާވެއްޖެ

މުޙައްމަދު ފަޟްލޫން - 01 ސެޕްޓެމްބަރު 2026 - 05:33
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ، ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭ ހިތިގަސްމަގުގައި މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 21:04 ހާއިރު ކަމަށެވެ. އަދި އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި ޕާކުކޮށްފައި އޮތް ކާރަކަށް އަރަން މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ އަންހެން ކުއްޖާއަށެވެ. މި ހާދިސާގައި 9 އަހަރުގެ ކުއްޖާއަށް ސީރިއަސް ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ކުއްޖާއަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގެ އެހީގައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
2 ގަޑިއިރު ކުރިން

ކަސްޓަމަރުންގެ މައުލޫމާތު ބޭންކުންދޭނީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން: ބީއެމްއެލް
2 ގަޑިއިރު ކުރިން

އެމްޑީޕީގެ ކޮންގްރެސް ބޭއްވެންދެން ގައުމީ މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
2 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުކަމަށް ޝިފާޒް އައްޔަނުކުރަން ގައުމީ މަޖިލީހުން ރުހުންދީފި
2 ގަޑިއިރު ކުރިން


