
ކަސްޓަމަރުންގެ މައުލޫމާތު ބޭންކުންދޭނީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން: ބީއެމްއެލް

މުޙައްމަދު ފަޟްލޫން - 01 ސެޕްޓެމްބަރު 2026 - 05:34
ކަސްޓަމަރުންގެ ބޭންކިންގ މަޢުލޫމާތު ހާމަކުރާނީ ބޭންކިންގ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުން ނުވަތަ ތަހުގީގީ އިދާރާތަކުން ރަސްމީކޮށް ލިޔުމުން އެދުމުން އެކަނި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ތަރުޖަމާނު މިހެން ވިދާޅުވީ، ހޯމް މިނިސްޓްރީ ގެ ރަސްމީ ސިޓީއެއްގެ ގޮތުގައި ދައްކައިގެން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ފޭކް ސިޓީއަކާ ގުޅިގެންނެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ އެ ސިޓީގައި ބުނެފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ގަވާއިދާ ހިލާފަށް ޑޮލަރުގެ މުޢާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ހޯދުމަށް އެދި ހޯމް މިނިސްޓްރީގެ ފަރާތުން ބީއެމްއެލް އަށް ސިޓީއެއް ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން ސިޓީއެއް ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ އެ ފޭކް ސިޓީގައި ބަޔާންކޮށްފައިވަނީ، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ފަރާތްތަކުގެ އެކައުންޓްތަކުގެ މައުލޫމާތާއި، އަދި އެފަދަ އެކައުންޓްތަކަށް 500 ޑޮލަރަށްވުރެ މަތިން ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ އެކައުންޓް ސްޓޭޓްމަންޓްތައް ހިއްސާކޮށްދިނުމަށް މިނިސްޓްރީން އެދިފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ގަޑިއިރެއް ކުރިން

އެމްޑީޕީގެ ކޮންގްރެސް ބޭއްވެންދެން ގައުމީ މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
ގަޑިއިރެއް ކުރިން

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުކަމަށް ޝިފާޒް އައްޔަނުކުރަން ގައުމީ މަޖިލީހުން ރުހުންދީފި
ގަޑިއިރެއް ކުރިން

އެކްސިޑެންޓްގައި އަނިޔާވި އަންހެންކުއްޖާ ނިޔާވެއްޖެ
ގަޑިއިރެއް ކުރިން


