logo

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

profile

މުޙައްމަދު ފަޟްލޫން - 01 ސެޕްޓެމްބަރު 2026 - 05:34

ބޮޑުތަކުރުފާނު މަގުގައި ވިލާ ކޮލެޖް ކައިރިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

https://wamco.com.mv/

ބޮޑުތަކުރުފާނު މަގުގައި ދުއްވާފައިދިޔަ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 8:15 ހާކަށް ހާއިރު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި އެތަނުން އެއް ސައިކަލުގެ ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖާއަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

17 އަހަރުގެ އަންހެން ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ދެ ސައިލަކުލުވެސް ދުއްވާފައިވަނީ ލައިސަންސް އޮންނަ ދެމީހުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ،

މި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319