logo

އެމްޑީޕީގެ ކޮންގްރެސް ބޭއްވެންދެން ގައުމީ މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 01 ސެޕްޓެމްބަރު 2026 - 05:33

އެމްޑީޕީގެ ކުރިއަށް އޮތް ކޮންގްރެސް ބޭއްވެންދެން، އެ ޕާޓީގެ މިހާރުގެ ގައުމީ މަޖިލީހުގެ ދައުރު ދަންމާލުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއިން ނިންމައިފިއެވެ.

https://wamco.com.mv/

މިގޮތަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ އިއްތިފާގުންނެވެ.

ރޭގެ ޖަލްސާއިން ފާސްކުރި ގަރާރުގައިވާ ގޮތުން، ގައުމީ މަޖިލީހުގެ އައު އިންތިޚާބު ބާއްވާނީ ކޮންގްރެސް ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ. އަދި ކޮންމެ ހާލަތެއް މެދުވެރިވި ކަމުގައި ވިޔަސް، އަންނަ އަހަރުގެ ޖެނުއަރީ 31 ގެ ކުރިން އެ އިންތިހާބު ބާއްވައި ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.

މި އިސްލާހު ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލެވެ. އަދި މި ހުށަހެޅުއްވުމަށް ތާޢީދުކުރެއްވީ ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

މީގެ އިތުރުން، ދައުރު އިތުރުނުކޮށް މި މަހުގެ 25 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތާރިގް ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުއްވުމަށް އެއްވެސް މެމްބަރަކު ތާޢީދުކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީގެ އަސާސީ ޤަވާޢިދު ބަޔާންކުރާ ގޮތުގައި، ޕާޓީގެ އެންމެ މަތީ ގުނަވަނަކީ ކޮންގްރެސްއެވެ. އަދި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ކޮންގްރެސް ބޭއްވުމަކީ އަސާސީ ގަވާއިދުން ލާޒިމުކުރާ ކަމެކެވެ.

https://wamco.com.mv/
tel:+9607331319