
ހަތަރު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުން
ހަތަރު ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި

މުޙައްމަދު ފަޟްލޫން - 22 އޮކްޓޯބަރު 2026 - 12:03
ހަތަރު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފަނޑިޔާރުން އައްޔަންކުރައްވާފައިވަނީ ހއ. ހޯރަފުށި، ބ. ގޮއިދޫ، ބ. އޭދަފުށި އަދި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށެވެ.
މި މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:
ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ހޯރަފުށި ވާރޭވިލާ، އަލްއުސްތާޛު ފަތުހުﷲ ޢަލީ
ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ގޮއިދޫ ލިލީވިލާ، އަލްއުސްތާޛާ ދިޔާނާ ވަޙީދު
ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އޭދަފުށި ހުސްނުހީނާގެ، އަލްއުސްތާޛު ޙަސަން ރަމީޒް
ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ފުވައްފުލަކު މާދަޑު، ހުމަށި، އަލްއުސްތާޛާ މަރްޔަމް އާސިރާ
މި ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައި ލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛާ މަރިޔަމް ވަހީދާއެވެ.
ގުޅުން ހުރި ޙަބަރުތައް

ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުމީ ރީދޫ ސަމާލު ނެރެފި
10 މިނިޓު ކުރިން
.png&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
10 މިނިޓު ކުރިން

ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނައިޓް ޑިއުޓީ އެލަވަންސް ކުޑަކޮށްފި
13 މިނިޓު ކުރިން

ފުލުހުންގެ ހިދުމަތުގެ ފެންވަރު ބިނާވަނީ ރައްޔިތުންނާ އޮންނަ ގުޅުމުގެ މައްޗަށް: ސީޕީ
ގަޑިއިރެއް ކުރިން


