
ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނައިޓް ޑިއުޓީ އެލަވަންސް ކުޑަކޮށްފި

މުޙައްމަދު ފަޟްލޫން - 22 އޮކްޓޯބަރު 2026 - 13:13
ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުން ރޭގަނޑުގެ ޑިއުޓީގައި މަސައްކަތްކުރާ ވަގުތުތަކަށް ދެމުންދިޔަ ޝިފްޓް އެލަވަންސް 100 ރުފިޔާއިން 60 ރުފިޔާއަށް ކުޑަކޮށްފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ގެނައި މި ބަދަލާއެކު، ދަންވަރު 12 އިން ހެނދުނު 6 އާ ދެމެދު މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިން ދެމުންދިޔަ 100 ރުފިޔާގެ އެލަވަންސް މިހާރު ވަނީ އުނިކޮށްފައެވެ.
މި އުސޫލަށް ގެނައި ބަދަލާ ގުޅިގެން ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ލެބޯޓްރީ ޓެކްނީޝަނުންގެ އެލަވަންސްވެސް އެކަމުގެ އަސަރުވަނީ ކޮށްފައެވެ.
ނިމިދިޔަ ސެޕްޓެމްބަރު މަހުގެ މުސާރަ ޖަމާކޮށްފައިވަނީ ވެސް މި އެލަވަންސް ކުޑަކުރުމަށް ފަހުގައެވެ.
މި ނިންމުމާ ގުޅިގެން ސިއްހީ ދާއިރާގެ ގިނަ މުވައްޒަފުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ރޭގަނޑުގެ ވަގުތުތަކުގައި ޑިއުޓީއަށް ނުކުންނަ މުވައްޒަފުންގެ އަދަދު މަދު ނަމަވެސް، އެ ވަގުތުތަކުގައި ހިދުމަތް ހޯދުމަށް އަންނަ ބަލިމީހުންގެ އަދަދު މަދުނުވާކަން ބައެއް ޑޮކްޓަރުން ފާހަގަކުރެއެވެ.
މީގެ އިތުރުން، މުވައްޒަފުންގެ ދަތިކަން ހުރުމުގެ ސަބަބުން ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ޑިއުޓީއަށް ނުކުންނަން ޖެހޭ ކަމުގެ ޝަކުވާ ބައެއް މުވައްޒަފުން ވަނީ ކޮށްފައެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ 2023 ވަނަ އަހަރުގެ މެއި މަހު ބޮޑުކުރުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސުން އާންމުކުރި ޕޭ ފްރޭމްވޯކްގައިވާ ގޮތުން، ރޭގަނޑުގެ ވަގުތުތަކުގައި މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 100 ރުފިޔާގެ އެލަވަންސެއް ދިނުމަށް ކުރިން އޮތީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުމީ ރީދޫ ސަމާލު ނެރެފި
ގަޑިއިރެއް ކުރިން
.png&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ފުލުހުންގެ ހިދުމަތުގެ ފެންވަރު ބިނާވަނީ ރައްޔިތުންނާ އޮންނަ ގުޅުމުގެ މައްޗަށް: ސީޕީ
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
މޭޔަރ ޢާޒިމްގެ ސުވާލެއް: މާލިއްޔަތު ކޮމިޓީއަށް އިސްކަންދޭންވީ ކަންކަން ނޭނގެނީތަ؟
2 ގަޑިއިރު ކުރިން


