logo
މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. މީދޫން މީހަކު ހައްޔަރުކުރި މީހާ،، ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. މީދޫން މީހަކު ހައްޔަރުކުރި މީހާ،، ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 22 އޮކްޓޯބަރު 2026 - 13:16

ދ. މީދޫގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫ، ދިގަލި، ޙަމްދޫން ޢަބްދުލްވާޙިދު (32އ) ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މަހުގެ 18 ވަނަ ދުވަހު މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން، މީދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓާއި ސެލޯފިންކޮޅެއް އޭނާގެ އަތުން ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޙަމްދޫން ޢަބްދުލްވާޙިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށާއި، ރަށްރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހޯދައި ހުއްޓުވުމަށް ފުލުހުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނައިރު، މި މައްސަލަ ވެސް މީދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319