logo

މި މަހުގެ ފުރަތަމަ 8 ދުވަސްތެރޭ ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި

profile

މުޙައްމަދު ފަޟްލޫން - 10 އޯގަސްޓު 2026 - 12:06

މި ހިނގާ އޮގަސްޓް މަހުގެ ފުރަތަމަ އަށް ދުވަހުގެ ތެރޭގައި ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

https://wamco.com.mv/

ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 1 އިން 8 އަށް ރާއްޖެއަށް 55،834 ފަތުރުވެރިން އައިސްފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން މިދިޔަ މާރިޗު މަހުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ހީނަރުކަމަށްފަހު، މިހާރު ފެންނަމުންދަނީ ދާއިރާ އަލުން އިއާދަވަމުންދާ މަންޒަރެވެ.

މިދިޔަ މެއި މަހު ފަތުރުވެރިން އައި އަދަދު އިތުރުވި ނަމަވެސް، ޖޫން އަދި ޖުލައި މަހު އެ އަދަދުތައް ވަނީ ދަށްވެފައެވެ.

މިހާރު ދުވާލަކު އެވްރެޖްކޮށް 6،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.1 އިންސައްތައިގެ ދަށްވުމެކެވެ.

މާކެޓުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް އިސްކަންދެނީ ރިސޯޓުތަކަށެވެ.

https://wamco.com.mv/
tel:+9607331319