
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)
ސުޕްރީމް ކޯޓް ވާކޮށްލާފައި 1 އަހަރަށްވުރެ ގިނަދުވަސް ބޭއްވި: ޝިފާޒް

މުޙައްމަދު ފަޟްލޫން - 11 އޯގަސްޓު 2026 - 06:50
މި ސަރުކާރުން ސުޕްރީމް ކޯޓް ވާކޮށްލާފައި 1 އަހަރަށްވުރެ ގިނަދުވަސް ބޭއްވި ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ޝިފާޒް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު 1 އަހަރުދުވަސް ވަންދެން މުޅިފަނޑިޔާރުގެ އާއި ސުޕްރީމް ކޯޓު ވާކޮށްލާފައި ބޭއްވި ކަމަށެވެ.
ސުޕްރީމް ކޯޓް ވާކޮށްލާފައި ބޭއްވުމަކީ ރައްޔިތުންނަށް ދިން އަނިޔާއެއް ކަމަށް ޝިފާޒް ސިފަކުރެއްވިއެވެ.
މިސަރުކާރުގައި ސިޔާސީ ހައްޔަރީން ޖަލަށް ނުލާކަމަށް ވިދާޅުވި ނަމަވެސް މިސަރުކާރުން ސުވާލެއް ކޮށްގެން ނޫސްވެރިން ޖަލަށްލާފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ ބަހާއި އަމަލާއި ދިމާނުވާ ބޭފުޅެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ގާނޫނު ހަދާ މަޖިލީހުން ކަމެއް ކުރަންވާނީ އެކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމުގައި ވަރަށް ބޮޑަށް ހޯދުމަށް ފަހުގައި ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ގަޑިއިރެއް ތެރޭގައި ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތައް ރައީސް ޑރ މުއިއްޒު ގެންނަވަން ފައްޓަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރުގައި އޮވެ ގާނޫނު އަސާސީއަށް ބަދަލުގެނެސްގެން ބޭނުންހާ ކަމެއް ނުކުރެވޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
އެމްޑީޕީ އިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދީ އެ ހައްގުތަކާއި ރައްޔިތުންނާއި ދުރުނުވެވޭ މިންވަރަށް ކަމަށް ޝިފާޒް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމާއި ދެން ދުރު ނުވެވޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ސުޕަރ މެޖޯރިޓީ އޮވެގެން ހިޔާލުފާޅު ކުރުމާއި މީޑިއާގެ މިނިވަންކަން ހަނިކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ: އިހުސާން
3 ގަޑިއިރު ކުރިން

ޕީޖީ އޮފީހުގެ 2.0 މަޝްރޫޢު ރައީސް އިފްތިތާޙުކޮށްދެއްވައިފި
3 ގަޑިއިރު ކުރިން

ޑޮލަރުގެ އަގު މައްޗަށްދަނީ ޑޮލަރު ނެތީމަ: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން

އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމް ދެމެދު މުހިއްމު ދެ އެއްބަސްވުމެއް!
ދުވަހެއް ކުރިން


