logo
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު

ޑޮލަރުގެ އަގު މައްޗަށްދަނީ ޑޮލަރު ނެތީމަ: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 11 އޯގަސްޓު 2026 - 08:26

ޑޮލަރުގެ އަގު އުފުލެމުންދަނީ ބާޒާރުގައި ޑޮލަރު މަދުވުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެނީ ނޫސްތަކުގައި ޝާއިއުކުރާ ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ވާހަކަފުޅަށް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު އުފުލެނީ މީހުން ދައްކާ ވާހަކައަކުން ނުވަތަ ސްޕެކިއުލޭޝަން ގެ ސަބަބުން ކަމަށް ބުނެ ސަރުކާރުން ހަގީގަތް އޮޅުވާލުމަކީ ރާއްޖޭގެ އިގްތިސާދަށް މިވަގުތު ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ) އާއި ފައިނޭންސް މިނިސްޓްރީން ގަވާއިދުން އާއްމުކުރަންޖެހޭ ރިޕޯޓްތައް ހާމަނުކޮށް، ހަގީގަތް ފޮރުވައިގެން ސަރުކާރަށް ކުރިއަށް ދެވޭނީ ވަކި މިންވަރަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބާޒާރުގައި ޑޮލަރު ހުރި މިންވަރާއި، ޑޮލަރަށް އޮތް ބޭނުންތެރިކަމުގެ އިތުރުން ދައުރުވާ ރުފިޔާގެ މިންވަރާއި އަސްލު އެކްސްޗޭންޖް ރޭޓް އެމްއެމްއޭއަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮލަރެއްގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް އަރައި، ގައުމުގެ އިގްތިސާދު ހައިޕަރ އިންފްލޭޝަން އަކަށް ގޮސް ތަކެތީގެ އަގު އަތްނުފޯރާ ފަށަށް އުފުލުމުގެ ކުރިން، މި މައްސަލައިގައި ސަރުކާރުން އެމްޑީޕީއާ މަޝްވަރާކުރުން މުހިއްމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ކިބުރުވެރިކަން އިސްކޮށްފިނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށާއި ރައްޔިތުންނަށް ކުރާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.

https://wamco.com.mv/
tel:+9607331319