logo

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ: އިހުސާން

profile

މުޙައްމަދު ފަޟްލޫން - 11 އޯގަސްޓު 2026 - 08:28

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެކަން ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ކަށަވަރުކޮށްދެއްވައިފިއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކާރުގެ ރަސްމީ ސިޔާސަތެއް ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތަކާއި މަރުހަލާތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހުކުމް ތަންފީޒުކުރުމަށްޓަކައި ވާންޖެހޭ ފަންނީ އަދި އިދާރީ ތައްޔާރީތައްވެސް ވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި އަދުލު އިންސާފު ގާއިމުކޮށް، އިޖުތިމާއީ އަދާލަތު ދެމެހެއްޓުމަށްޓަކައި މަރުގެ އަދަބާ ބެހޭ ހާއްސަ ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ ހާލަތެއްގައި، މަރުގެ އަދަބު ތަންފީޒުނުކޮށް ހިފެހެއްޓުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319