logo
އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން، އެމްޑީޕީގެ ދިދަ ވިހުރުވަނީ

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން، އެމްޑީޕީގެ ދިދަ ވިހުރުވަނީ

ވ. ތިނަދޫ އަދި ސ. ހުޅުދޫ ބައި-އިލެކްޝަނަށް އެމްޑީޕީން ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފި

profile

އާމިނަތު ޝަޒްލާ - 18 އޮކްޓޯބަރު 2026 - 12:19

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް އެ ޕާޓީން މިއަދު އާންމުކޮށްފިއެވެ.

https://wamco.com.mv/

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހާމަކޮށްފައިވާ ގޮތުގައި، ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށާއި، ވ. ތިނަދޫ އަދި ސ. ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެ ޕާޓީން ހުޅުވާލި ފުރުޞަތުގައި ޖުމްލަ ހަތަރު ފަރާތަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާފައެވެ.

އެގޮތުން ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމުގެ ޓިކެޓަށް ކުރިމަތިލާފައިވަނީ ވ. ތިނަދޫ، ދިލްބަހާރުގެ، ޝުޖާޢު ޢަލީ އެކަންޏެވެ. އަދި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ ވ. ތިނަދޫ، ހަތާ، ރިސްފާ ނަސީމް އެވެ. މި ދެ މަޤާމަށް އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ، މި ދެ ބޭފުޅުންނަށް ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ކަށަވަރުވާނެއެވެ.

ނަމަވެސް، ސ. ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ދެ ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ. އެއީ:

  • ފާޠިމަތު މުނީރު - އަންބަރީގެ / ސ. ހުޅުދޫ
  • ފާޠިމަތު ޢިމްރަތު ޝަރީފް - ލައިނޫފަރުގެ / ސ. ހުޅުދޫ

ސ. ހުޅުދޫ އ.ތ.މ ކޮމިޓީގެ ގޮނޑިއަށް އެއް ކެންޑިޑޭޓަށްވުރެ ގިނަ ފަރާތުން ވާދަކުރައްވާތީ، އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ 2026 އޮކްޓޯބަރ 23 ވާ ހުކުރު ދުވަހު މެންދުރުފަހު 02:30 އިން ރޭގަނޑު 08:00 އަށް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިސްތިއުފާ ދެއްވުމުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ މަޤާމު ހުސްވެއްޖެނަމަ، އެ މުއްދަތުގެ ތެރޭގައި ބައި-އިލެކްޝަންތައް ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމުކަމެކެވެ. އިދިކޮޅު މައި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން ދަނީ ކުރިއަށް އޮންނަ މިފަދަ ހުރިހާ ބައި-އިލެކްޝަންތަކެއްގައިވެސް ވާދަކޮށް ކާމިޔާބު ހޯދުމަށް ފުޅާ ދާއިރާއެއްގައި ތައްޔާރުވަމުންނެވެ.

https://wamco.com.mv/
tel:+9607331319