logo
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ، ފޮޓޯ: ފުލުހުން

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ، ފޮޓޯ: ފުލުހުން

ޑިޖިޓަލައިޒޭޝަނާއެކު ސައިބަރ ކުށްތައް އިތުރުވަނީ: ސީޕީ

profile

އާމިނަތު ޝަޒްލާ - 18 އޮކްޓޯބަރު 2026 - 11:47

ސަރުކާރުގެ ޚިދުމަތްތަކާއި މާލީ މުއާމަލާތްތައް އަދި އާންމު ދިރިއުޅުން ޑިޖިޓަލައިޒް ވަމުން އަންނައިރު، އޭގެ ފައިދާއާއެކު ސައިބަރ ކުށްތައް ކުރާ މިންވަރު އިންތިހާއަށް އިތުރުވަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސީޕީ މިކަން ހާމަކުރެއްވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަހާ ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖެއްގައެވެ.

ސީޕީ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން އިންޓަނެޓް ބޭނުންކުރަމުންދާއިރު، މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު އެކަނިވެސް ފުލުހުންނަށް ހުށަހެޅުނު ސައިބަރ ކުށުގެ މައްސަލަތައް ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައެވެ. އަދި މީގެ ތެރެއިން 68 އިންސައްތަ މައްސަލައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކަންކަމެވެ.

މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސައްހަނޫން މެސެޖާއި، އަޑާއި، ވީޑިއޯ އުފައްދައިގެން މަކަރާއި ހީލަތް ހަދަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ. މިފަދަ މަޅިތަކުގައި މީހުން ޖެހެނީ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާކުޑަވުމުގެ ސަބަބުން ކަމަށާއި، ކާކުކަން ނޭނގޭ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި އޯ.ޓީ.ޕީ އެހެން މީހުންނާ ހިއްސާކުރުމަކީ މިފަދަ ކަންކަން ދިމާވާ މައިގަނޑު ސަބަބު ކަމަށް ވިދާޅުވިއެވެ.

މި މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރަމުންދިޔަ ނަމަވެސް، ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ މުޅި މުޖުތަމައުގެ އެއްބާރުލުމާއެކު ކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން، އެކައުންޓްތަކުގައި ވަރުގަދަ ޕާސްވޯޑާއި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމަށާއި، ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އަދި މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް ޑޭޓާ ރައްކާތެރިކުރުމަށް ސަމާލުކަން ދިނުމަށާއި، އައިޓީ ނިޒާމުތައް އަޕްޑޭޓްކުރުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، އާއިލާތަކުގެ ތެރޭގައި މި ވާހަކަތައް ދައްކައި، ދަރިންނާއި އުމުރުން ދުވަސްވީ މީހުން ޑިޖިޓަލް ނުރައްކާތަކުން ރައްކާތެރިކުރުމަށް ސަމާލުވުމަށާއި، މި ހިނގާ އޮކްޓޫބަރު މަހު ފުލުހުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެދިވަޑައިގެންފައެވެ.

https://wamco.com.mv/
tel:+9607331319