logo
ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް

ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް

ރަސްމާލޭގެ ކަންކަން ބެލެހެއްޓުން އަލައްބާރުގެ ސެކިއުރިޓީއަށް، ފުލުހުންނަށް ވަދެވެނީ ހުއްދައާއެކު: ޒަމްޒަމް ފާރިޝް

profile

އާމިނަތު ޝަޒްލާ - 18 އޮކްޓޯބަރު 2026 - 10:58

ރަސްމާލޭގެ ސެކިއުރިޓީ ބެލެހެއްޓުން ޔޫއޭއީގެ ވިޔަފާރިވެރިޔާ މުޙައްމަދު ޢަލް އައްބާރުގެ ޕްރައިވެޓް ފުލުހުންނަށް ދޫކޮށްލަން އުޅޭކަމަށް ބުނެ، ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް ސަރުކާރުގެ ވިސްނުމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

https://wamco.com.mv/

ޝައިޚް ޒަމްޒަމް ފާރިޝް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށާއި އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ ޢަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށެވެ. އަދި އެތަނުގައި ބޮޑު ކަމެއް ދިމާވުމުން މެނުވީ ދިވެހި ފުލުހުންނަށް ނުގުޅާނެ ކަމަށާއި، ފުލުހުންނަށް އެ ސަރަޙައްދަށް ވަދެވޭނީ ވެސް ޢަލައްބާރުގެ ހުއްދަ ލިބިގެން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ޒަމްޒަމް ފާރިޝް ވިދާޅުވީ، އެފަދަ ބޭފުޅުން އެކަން ސިފަކުރައްވަނީ އަމިއްލަ ކޮޓަރިއާ އެއްފަދައިން ކަމަށެވެ. "ބަލަ، އަހަރެންގެ ކޮޓަރީގައި ވެސް ދިވެހި ފުލުހުން ނުތިބޭ. އެތަނުގެ ސެކިއުރިޓީ ބަލަހައްޓަނީ އަހަރެން އަމިއްލައަށް. ބޮޑު ކަމެއް ދިމާވީމަ ދިވެހި ފުލުހުންނަށް ގުޅަނީ،" މިއީ ޤައުމުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ވިސްނުން ހުރި މިންވަރު ކަމަށް ވިދާޅުވެ އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

View post on Twitter

މީގެއިތުރުން، ރަސްމާލެ މަޝްރޫޢާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން، އިންޒާރު ނުދެއްވުމަށާއި، މިފަދަ ޤައުމީ މުހިންމު ކަންކަމުގައި ޢިލްމީ ގޮތުން ވާހަކަދެއްކެވުމަށް ޒަމްޒަމް ފާރިޝް ވަނީ މިނިސްޓަރަށް ވެސް ގޮވާލައްވާފައެވެ.

މި މައްސަލަ ހޫނުވެގެން ދިޔައީ، ރަސްމާލޭގެ ސެކިއުރިޓީ ދިވެހި ސަލާމަތީ ބާރުތަކުގެ ބަދަލުގައި ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލައްބާރުގެ ޕްރައިވެޓް ސެކިއުރިޓީއަށް ދޫކޮށްލަން އުޅޭ ކަމަށް ތުހުމަތުކުރައްވައި، 15 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ 22:00 ހާއިރު ޒަމްޒަމް ފާރިޝް ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

ރަސްމާލެ މަޝްރޫޢަކީ ސަރުކާރުން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ފަޅު ހިއްކައިގެން ކުރިއަށްގެންދާ އެންމެ ބިޔަ އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ތެރެއިން ބޭރުގެ އިންވެސްޓަރުންނަށް 99 އަހަރަށް ބިން ދިނުމާއި، ސަރަޙައްދީ ތަރައްޤީގައި ބޭރުގެ ބޮޑެތި ކުންފުނިތަކުގެ ދައުރު ފުޅާވަމުންދާތީ، ރާއްޖޭގެ އިސްތިޤްލާލާއި ޤައުމީ ސަލާމަތަށް އަސަރުކޮށްފާނެ ކަމަށް ބުނެ ސިޔާސީ އަދި ދީނީ އިލްމުވެރިންގެ ފަރާތުން ސަރުކާރަށް ދަނީ އެކި ކަހަލަ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ވަކިން ޚާއްޞަކޮށް، ރަސްމާލޭގެ އިދާރީ އަދި ސަލާމަތީ ކަންކަން ހިންގުމުގައި ދިވެހި ދައުލަތުގެ ބާރު ކުޑަވެދާނެ ކަމަށް ކުރެވޭ ތުހުމަތުތަކަކީ މިހާރު އާންމުންގެ މެދުގައި ބޮޑު ބަހުސަކަށް ވެފައިވާ މައްސަލައެކެވެ.

https://wamco.com.mv/
tel:+9607331319