logo
މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ސަރަހައްދީ ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވި ޓީމް،، ފޮޓޯ: ފުލުހުން

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ސަރަހައްދީ ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވި ޓީމް،، ފޮޓޯ: ފުލުހުން

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ސަރަހައްދީ ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ

profile

އާމިނަތު ޝަޒްލާ - 18 އޮކްޓޯބަރު 2026 - 11:45

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން އިންތިޒާމުކޮށްގެން އިންޑިއާގެ ނިއުދިއްލީގައި ބޭއްވި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ސަރަހައްދީ ބައްދަލުވުން، "ރީޖަނަލް މީޓިންގ ފޮރ ދަ ރޯޑް ސޭފްޓީ: ޓުވާރޑް ސޭފަރ މޮބިލިޓީ އިން ދަ ސައުތު-އީސްޓް އޭޝިއާ ރީޖަން" ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.

https://wamco.com.mv/

މި އަހަރު އޮކްޓޫބަރު 12 އިން 14 އަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރެވެ.

މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ ނިޒާމު ވަރުގަދަކުރުމުގެ އިތުރުން ސިޔާސަތުތައް ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މީގެއިތުރުން، ސިއްހީ ދާއިރާއާއި، ދަތުރުފަތުރާއި، ކަމާގުޅުންހުރި އިދާރާތަކާއި ރެގިއުލޭޓަރުންގެ ދައުރު ސާފުކޮށްދިނުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ސްޓްރެޓެޖީތައް ހާސިލުކުރުމުގައި ގައުމުތަކަށް އެހީތެރިވުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި ދުޅަހެޔޮ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކާ ގުޅުވައިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

https://wamco.com.mv/
tel:+9607331319