logo

ބޮމެއް ގޮއްވައިގެން ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި ދެމީހެއްގެ މައްސަލަ މާދަމާ އަށް ތާވަލް ކޮށްފި!

profile

ރިޟްވާން މޫސާ - 29 އޯގަސްޓު 2026 - 08:27

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލަ އަކީ 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ބަޔަކު ރާވައިގެން ގޮވާތަކެތީގެ އެއްޗެއް ކަމަށްވާ "އައިއީއީޑީ" އެއް އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގޭ ގޯޅިތެރޭގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްގެން ހަމަލާދޭން އުޅުނު މައްސަލަ އެކެވެ.

އޭރު ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެރ ރައީސް އެވެ. އެމަނިކުފާނަށް ބަޔަކު ހަމަލާ ދިނުމަށް މަސައްކަތް ކުރި މި މައްސަލައިގައި އެމަނިކުފާނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި އޭރު ފަރުވާވެސް ދީފަ އެވެ.

ބޮން ގޮއްވައިލާފައިވަނީ ނަޝީދު، ސައިކަލާ އަރައިހަމަވި ތަނާއެވެ. އެ ހަމަލާގައި ނަޝީދަށް ބޮޑެތި އަނިޔާތައް ލިބުނެވެ.

އެގޮތުން ބޮމުގެ ރޭޒާފުއްތައް އެ މަނިކުފާނުގެ ހަށިކޮޅުގެ އެ ތަންމިތަނަށް އެރުމުގެ ސަބަބުން، ވަރަށް ނުރައްކާތެރި ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވަން ޖެހިވަޑައިގަތެވެ. އެ ހަމަލާގައި ނަޝީދުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވީއިރު، އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ދެން ދައުވާ އުފުލި މީހުންގެ ތެރޭގައި ހއ. ހޯރަފުށި، އަލަނާސިގެ ތަސްލީމާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދުގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ ހިމެނެއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަ މީހުންނަކީ.

  1. މއ. ފޭރުގޭ މުޖާޒް އަހުމަދު
  2. ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދު
  3. ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމް
  4. އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމް
  5. ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީ
  6. ހއ. މޮޅަދޫ، މ. ކުދެހިގެ، އިސްހާގު

މީގެ ތެރެއިން މާދަމާއަށް ކްރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކޮށްފައި ވަނީ ޢަލީ ހައިޝަމް އަދި ފަހުމީ ޢަލީގެއެވެ.

ހައިޝަމްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. އަދި ފަހުމީގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި ހައިޝަމްގެ އަޑުއެހުން މާދަމާގެ 14:00 އަށް ތާވަލުކޮށްފައިވާއިރު ފަހުމީގެ އަޑުއެހުން އޮތީ ހެނދުނު 09:00 ގައެވެ.

https://wamco.com.mv/
tel:+9607331319