logo

ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާ ގުޅުވައިދޭ އެއްބައިވަންތަކަމާއި އުންމީދުތަކުގެ ރަމްޒެއް: ރައީސް

profile

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 05:27

ސިނަމާލެ ބްރިޖަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ ވަސީލަތެއް ނޫން ކަމަށާއި، އެއީ ރާއްޖެ އާއި ޗައިނާ ގުޅުވައިދޭ އިތުބާރާއި އެއްބައިވަންތަކަމުގެ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިނަމާލެ ބްރިޖު ތަރައްގީކޮށް އާންމުންނަށް ހުޅުވާލިތާ އަށް އަހަރު ފުރުމާ ގުޅިގެން، މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

View post on Twitter

ރައީސް މުއިއްޒު ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރި ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާ ގުޅުވައިދޭ އެއްބައިވަންތަކަމާއި އުންމީދުތަކުގެ ރަމްޒެއް ކަމަށެވެ. އަދި ބްރިޖަށް އަށް އަހަރު ފުރޭއިރު، ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ހުޅުލެ) އަދި ހުޅުމާލެ ގުޅުވައިދިން މި ބްރިޖު ވެގެން ގޮސްފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ ދެމެހެއްޓެނިވި ގަދަފަދަ ގުޅުމުގެ ރަމްޒަކަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ޗައިނާއާއެކު އޮތް ދާއިމީ ރަހުމަތްތެރިކަމުގެ ގުޅުން އާލާކޮށް، ދެ ގައުމުގެ އެކުވެރިކަން އިތުރަށް ވަރުގަދަކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެން ކުރިއަށްގެންދެވި ބިޔަ މަޝްރޫއެކެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި، ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 30 އޮގަސްޓް 2018 ގައެވެ.

https://wamco.com.mv/
tel:+9607331319