
ގެދޮރު ގެއްލި މަގުމަތިވި ނޭޕާލުގެ ރައްޔިތުންނަށް އެހީތެރިވުމަށް އެދެނީ

ރިޟްވާން މޫސާ - 29 އޯގަސްޓު 2026 - 13:32
ނޭޕާލާއި ޓިބެޓު ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ބޮޑު ކާރިސާއާ ގުޅިގެން، އެ ސަރަހައްދުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރެޑް ކްރެސެންޓް (އެމްއާރްސީ)އިން ހުޅުވާލައިފި އެވެ.
ނުރައްކާތެރި ފެންބޮޑުވުމުގެ މި ހާދިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގްލޭޝިއާއެއް (ސްނޯ ފަރުބަދައެއް) ކަނޑައިގެން ގޮސް ވެއްޓުމާ ގުޅިގެންނެވެ.

މި ހާދިސާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު 1،300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.
"އެމްއާރްސީ ނޭޕާލް ސޮލިޑަޓަރީ ފަންޑު" ގެ ބޭނުމަކީ ކޯރު ބަންޑުންވުމުގެ ކާރިސާގައި އަސަރުކޮށްފައިވާ މީހުންނަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ.

އެ ފަންޑުން ލިބޭ ހުރިހާ ފައިސާއެއް، އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ރެޑް ކްރޮސް މެދުވެރިކޮށް ދޭނީ ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށް ކަަމަށް އެމްއާރްސީ އިން ބުނެ އެވެ.
ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން އިންޒާރުދީފައިވާ ގޮތުގައި، އެ ސަރަހައްދުގައި އޮންނަ ބޯޓެކޯޝީ ކޯރު ބެދުމުގެ ސަބަބުން އުފެދިފައިވާ ފެންގަނޑު ދަނީ ބޮޑުވަމުންނެވެ. އަދި އެ ފެންގަނޑު ފެތުރިގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑެވެ.

މި ކާރިސާގައި ޗައިނާގެ ފަޅިން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ޓިބެޓުގެ ގިޔަރޮންގް ކައުންޓީއަށެވެ. ސީސީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުން 558 މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައި 260 ބިދޭސީން ހިމެނެ އެވެ.

Maldivian Red Crescent (@maldivianrc) / X
ގުޅުން ހުރި ޙަބަރުތައް

ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާ ގުޅުވައިދޭ އެއްބައިވަންތަކަމާއި އުންމީދުތަކުގެ ރަމްޒެއް: ރައީސް
7 މިނިޓު ކުރިން
.jpeg&w=3840&q=75)
ހިމަބިހި ކޮންޓްރޯލުން ނެއްޓެނީ؟ ކޭސްތަކުގެ އަދަދު 243 ފަހަނައަޅައިފި!
11 ގަޑިއިރު ކުރިން

ބިދޭސީންގެ ވަޒީފާގެ އައު ކެޓަގަރީތަކާ މެދު އެޗްޕީޔޫގެ ހިތްހަމަނުޖެހުން ސަރުކާރަށް!
16 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ޖާގަ އިތުރުވަނީ: އަހަރުގެ މިހާތަނަށް 1،000 އަށް ވުރެ ގިނަ އެނދު!
16 ގަޑިއިރު ކުރިން


