logo

ފަތުރުވެރިކަމުގެ ޖާގަ އިތުރުވަނީ: އަހަރުގެ މިހާތަނަށް 1،000 އަށް ވުރެ ގިނަ އެނދު!

profile

އާމިނަތު ޝަޒްލާ - 29 އޯގަސްޓު 2026 - 13:31

މި އަހަރު ފެށުނުފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 1,000 އަށް ވުރެ ގިނަ އެނދު އަލަށް އިތުރުކޮށް، އޮޕަރޭޝަނަށް ގެނެސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ފެށުނުއިރު ރާއްޖޭގައި އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީއަކީ 67,475 އެނދެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 44,697 އެނދާއި، ގެސްޓްހައުސްތަކުގެ 16,824 އެނދާއި، ހޮޓާތަކުގެ 2,598 އެނދުގެ އިތުރުން ސަފާރީތަކުގައި ހުރި 3,356 އެނދެވެ.

undefined

ނަމަވެސް، މިހާރު މި އަދަދު ވަނީ 68,506 އެނދަށް އަރާފައެވެ. އެހެންކަމުން އަހަރު ފެށުނުއިރު ހުރި އަދަދާ އަޅާބަލާއިރު މިއީ ޖުމްލަ 1,031 އެނދުގެ އިތުރުވުމެކެވެ.

މިވަގުތު އޮޕަރޭޝަނުގައި ހުރި އެނދުތަކުގެ ތަފްސީލަށް ބަލާއިރު ރިސޯޓުތަކުން 45,115 އެނދާއި، ގެސްޓްހައުސްތަކުން: 17,256 އެނދާއި، ސަފާރީތަކުން 3,481 އެނދުގެ އިތުރުން ހޮޓާތަކުން 2,654 އެނދު ހިމެނެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޖުމްލަ 1,315 ޓޫރިސްޓު ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 179 ރިސޯޓާއި، 956 ގެސްޓްހައުސްގެ އިތުރުން 172 ސަފާރީ އަދި 16 ހޮޓަލެވެ. މީގެ އިތުރުން ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 69,256 އެވެ.

ރާއްޖޭގެ އެނދުގެ އަދަދު އިތުރުވަމުން އަންނައިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1,427,104 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.8 އިންސައްތައިގެ ދަށްވުމެކެވެ.

https://wamco.com.mv/
tel:+9607331319