.webp&w=3840&q=75)
އިސްރާއީލަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރިޟްވާން މޫސާ - 15 ޖެނުއަރީ 2026 - 10:02
ރެކްޓަރ މިންގަނޑުން 4.2 މެގްނެޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކަށާއި މަރުކަޒީ ކަނޑުގެ (ޑެޑްސީ) ސަރަހައްދަށެވެ.
ޔޫރަޕިއަން-މެޑިޓަރޭނިއަން ސީސްމޮލޮޖިކަލް ސެންޓަރުން ބުނީ، މި ބިންހެލުން އައީ އިސްރާއީލުގެ ދެކުނުގައި އޮންނަ ޑިމޯނާ ކައިރީއަށެވެ. މި ބިންހެލުމާ ގުޅިގެން ނެގެވް ސަރަހައްދާއި ޑެޑްސީ ސަރަހައްދުގައި ވަނީ ރައްކާތެރި ކަމުގެ އެލާޓުތައްވެސް ނެރެފަ އެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި ބިންހެލުމުގެ އަސަރު އިހްސާސް ކުރެވުނީ ޑެޑް ސީ ކައިރީގައި އޮންނަ މިޓްޒްޕޭ ޝަލެމް، އީން ބޮކެކް ހޮޓެލް ޑިސްޓްރިކްޓް، އާރާޑް، ނިއޯޓް ހަކިކަރް، އީން ތަމާރް، ރޮޓެމް އިންޑަސްޓްރިއަލް ޒޯން، ނެވޭ ޒޯހަރް، އީން ގެޑީ، މަސާޑާ އަދި އީން ގެޑީ ބާތްސް އަދި ދެކުނު ނެގެވްގެ އެލް ފޯރް އަދި ކްފަރް ހަނޮކްޑިމް އަށެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ގާޒާ އަށް ހަމަލާދިނުން ހުއްޓުމަށް ވެވޭ ދެވަނަ އެއްެބަސްވުމަށް އެމެރިކާ ތައްޔާރު ވަނީ
12 ގަޑިއިރު ކުރިން

ޑްރަގުގެ ބޮޑެއް ހައްޔަރުކޮށްފި
ދުވަހެއް ކުރިން

ގްރީންލޭންޑް އާއި ބެހޭ ގޮތުން ވަކިގޮތެއް ނުނިމި އެމެރިކާ ހޫނުވެއްޖެ
ދުވަހެއް ކުރިން
.webp&w=3840&q=75)
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ - ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތަށް ނިމުމެއް
ދުވަހެއް ކުރިން


