
ގްރީންލޭންޑް އާއި ބެހޭ ގޮތުން ވަކިގޮތެއް ނުނިމި އެމެރިކާ ހޫނުވެއްޖެ

ރިޟްވާން މޫސާ - 14 ޖެނުއަރީ 2026 - 18:02
ގްރީންލޭންޑް އާއި ބެހޭ ގޮތުން ވަކިގޮތެއް ނުނިމި އެމެރިކާ ހޫނުވެއްޖެ އެވެ
ގްރީންލޭންޑަކީ ޑެންމާކުގެ ސިޔާދަތުގެ ދަށުގައިވާ އެެހެން ނަމަވެސް ލާމަރުކަޒީ ގޮތުން ވަކި ވެރިކަމެއް ކުރުމުގެ ބާރު ދީފައިވާ އައުޓޮނަމަސް ސަރަހައްދެކެވެ.
ގްރީންލޭންޑުގެ އާބާދީއަކީ ގާތްގަނޑަކަށް 60،000 މީހުންނެވެ. އެ މީހުންގެ ތެރެއިން ކޮންމެ މީހަކަށް 10،000 ޑޮލަރާއި އެއް ލައްކަ ޑޮލަރާ ދެމެދުގެ އަދަދަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާ ބެހޭ ގޮތުން ޓްރަމްޕް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ރިޝްވަތު ދިނުމަށް ފަހު އެ ތަނަށް އެމެރިކާ އެރުމުން އެއީ ގްރީންލޭންޑްގެ ރައްޔިތުން އަތުން އެމެރިކާ ގަތް ސަރަހައްދެއް ކަމަށް ނިންމުމާމެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަވަނީ އޭނަގެ އައުވާނުންނާއެކު މަޝްވަރާތައްވެސް ކުރަމުންނެވެ.
ރަޝިއާގެ ކުރީގެ ރައީސް އަދި ރަޝިއާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ނައިބު ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ އެމެރިކާ ވަރަށް އަވަހަށް ހަރަކާތްތެރި ނުވެއްޖެނަމަ ގްރީންލޭންގެ ރައްޔިތުން ރަޝިއާއާ ގުޅެން އެ ގައުމުގެ ރައްޔިތުން ފެންނަ ނުފެން ވޯޓަކުން ނިންމާނެ ކަމަށެވެ.
މެޑްވޭޑް ވަނީ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕަށް އަމާޒުކޮށް ގްރީންލޭންޑް އަތު ނުލެވޭނެ ކަމަށް ބުނެ ޓްރަމްޕަށް މަލާމާތްކޮށް އިންޒާރުވެސްދީފަ އެވެ.
މެޑްވެޑޭވާ ހަވާލާދީ ރަޝިއާގެ އިންޓަފެކްސް ނޫސްއެޖެންސީ ބުނިގޮތުގައި ރަޝިއާއާ ގުޅުމާމެދު ގްރީންލޭންޑްގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ހައެއްކަ ދުވަހުގެ ތެރޭގައި ނަގާނެއެވެ. އަދި، އެ ވޯޓުގައި ގްރީންލޭންޑްގެ ރައްޔިތުން އިއްތިފާގުން ނިންމާނީ ރަޝިއާގެ ދަށަށް ދިޔުމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޑެންމާކުގެ ސިޔާދަތުގެ ދަށުގައިވާ ގްރީންލޭންޑް ސުލްހަވެރި ގޮތުގައި ނޫނީ އެ ނޫން ގޮތަކުން ވެސް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިސްރާއީލަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
ގާޒާ އަށް ހަމަލާދިނުން ހުއްޓުމަށް ވެވޭ ދެވަނަ އެއްެބަސްވުމަށް އެމެރިކާ ތައްޔާރު ވަނީ
12 ގަޑިއިރު ކުރިން

ޑްރަގުގެ ބޮޑެއް ހައްޔަރުކޮށްފި
ދުވަހެއް ކުރިން
.webp&w=3840&q=75)
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ - ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތަށް ނިމުމެއް
ދުވަހެއް ކުރިން


