
ޑްރަގުގެ ބޮޑެއް ހައްޔަރުކޮށްފި

ރިޟްވާން މޫސާ - 14 ޖެނުއަރީ 2026 - 20:01
ޑްރަގުގެ ބޮޑެއް އިރާގުން ހައްޔަރުކޮށްފި އެވެ.
ދުނިޔޭގެ އެންމެ ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ކާޒެމް ހަމަދު އިރާގުން ހައްޔަރުކޮށްފައިވާއިރު އޭނާ އަކީ މީގެ ކުރިން އެތަކެއް ފަހަރަކު އޮސްޓްރޭލިއާގެ ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ މީހެކެވެ.
ކާޒެމް މާލިކް ހަމަދު ރަބާ އަލް-ހަޖާމީގެ ނަމުންވެސް މަޝްހޫރުވެފައިވާ މި މީހާ ހައްޔަރުކޮށްފައިވަނީ، އޮސްޓްރޭލިއާ ސަރުކާރުން ރަސްމީކޮށް އެދުމުން، އިރާގުގެ ނޭޝަނަލް ސެންޓަ ފޯ އިންޓަނޭޝަނަލް ޖުޑީޝަލް ކޯޕަރޭޝަނުންނެވެ.
ރޭގެ ވަގުތެއްގައި ކާމެޒް ހައްޔަރުކޮށްފައިވާއިރު އޭނާއަކީ 2023 ވަނަ އަހަރު އޮސްޓްރޭލިއާއިން ޑީޕޯޓްކޮށްލުމަށްފަހު ވެސް، އެ ގައުމުގެ މެލްބަންގައި ހިންގާ ގަވާއިދާ ހިލާފު ޑްރަގް ވިޔަފާރިއާއި ޖަރީމާތައް ހިންގާ ނެޓްވޯކްތަކުގައި އިސް ދައުރެއް އަދާކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
ކާމެޒް އަކީ ސިޑްނީގައި ހަރަކާތްތެރިވާ ބޮޑެތި ކުށްވެރި ގޭންގުތަކާއެކު މަސައްކަތްކުރާ ކަމަށް އިރާގުގެ ކަމާއިބެހޭ ފަރާތްތަކުން ތުހުމަތު ކުރާއިރު އޭނާއަކީ އިރާގާއި އޮސްޓްރޭލިއާއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމާއި، ހެރޮއިން ސްމަގްލް ކުރުމުގެ ބޮޑު ރެކޯޑެއް އޮންނަ ފަރާތެކެވެ.
މީގެ އިތުރުން މީހުން މެރުމާއި، މީހުން ރަހީނު ކުރުމާއި، ފޭރުމާއި، މަނީ ލޯންޑްރިން އަދި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ނުރައްކާތެރި ޖަރީމާތަކުގައި ބައިވެރިވާ ގޭންގު ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެއްކަމަށްވެސް އިރާގުގެ ކަމާއިބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ކާޒެމް ހަމަދަކީ 1998 ވަނަ އަހަރު ގަލްފު ހަނގުރާމައިގެ ދުވަސްވަރު ރެފިއުޖީއެއްގެ ގޮތުގައި އާއިލާއާއެކު އޮސްޓްރޭލިއާއަށް ހިޖުރަކުރި މީހެކެވެ. އޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޮސްޓްރޭލިއާގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިސްރާއީލަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
ގާޒާ އަށް ހަމަލާދިނުން ހުއްޓުމަށް ވެވޭ ދެވަނަ އެއްެބަސްވުމަށް އެމެރިކާ ތައްޔާރު ވަނީ
12 ގަޑިއިރު ކުރިން

ގްރީންލޭންޑް އާއި ބެހޭ ގޮތުން ވަކިގޮތެއް ނުނިމި އެމެރިކާ ހޫނުވެއްޖެ
ދުވަހެއް ކުރިން
.webp&w=3840&q=75)
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ - ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތަށް ނިމުމެއް
ދުވަހެއް ކުރިން


