logo

ގާޒާ އަށް ހަމަލާދިނުން ހުއްޓުމަށް ވެވޭ ދެވަނަ އެއްެބަސްވުމަށް އެމެރިކާ ތައްޔާރު ވަނީ

profile

ރިޟްވާން މޫސާ - 15 ޖެނުއަރީ 2026 - 09:43

ގާޒާ އަށް ހަމަލާދިނުން ހުއްޓައިލުމަށް ވެވޭ ދެވަނަ އެއްެބަސްވުމަށް އެމެރިކާ އިން ތައްޔާރުވަމުން އަންނަ ކަމަށް ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޓްކޮށްފި އެވެ.

https://wamco.com.mv/

އެމެރިކާއިން ގާޒާ އަށް ދޭ ހަމަލާތައް ހުއްޓައިލުމަށް ވެވޭ ދެވަނަ އެއްބަސްވުން ފެށުމަށް ނިންމާފައިވާއިރު މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެވެސް މުހިންމު ޝަރުތުތަކެއް އަދި އޮތީ ނުނިމިކަން ފާހަގަކޮށްލެވެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ފުރަތަމަ އެއްބަސްވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގަ އެވެ.

އެމެރިކާއިން އިސްވެ އޮވެ ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޤާއިމުކުރި ދެގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހުޅުވައިލަންޖެހޭ ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފަޙް ހުރަސް ޔަހޫދީން އަދިވެސް ހުޅުވާލައިފައެއް ނުވެއެވެ.

އެމެރިކާއިން ބުނީ ޣައްޒާގެ ހިންގުމާ ޙަވާލުވާ ބޯޑް އޮފް ޕީސްގެ މެންބަރުން ވަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށެވެ.

އެ ބޯޑުގައި ހިމެނޭނީ ސިޔާސީ ވެރިންގެ ބަދަލުގައި ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުން ކަމަށް އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފް ވަނީ ވިދާޅުވެފައެވެ

15 މެންބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާނީ ފަލަސްތީނިއަން އޮތޯރިޓީ، ޕީއޭގެ ކުރީގެ ނައިބު ވަޒީރެއް ކަމަށްވާ ޢަލީ ޝާތުއެވެ. އެ ބޯޑުގައި ޕްރައިވެޓް ސެކްޓާއާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ނިސްބަތްވާ މަންދޫބުން ވެސް ހިމެނޭނެއެވެ.

އެ މެންބަރުން ކަނޑައަޅާނީ އދގެ ކުރީގެ މަންދޫބެއް ކަމަށްވާ ނިކޮލޭ ލަޑެނޮވްގެ އެހީތެރިކަމާއެކުގައެވެ. އެ ބޯޑުގައި ޙަމާސްގެ އެއްވެސް މަންދޫބަކު ނުހިމެނޭނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay