logo
އެކްސަސައިޒް "ދޯސްތީ 17" ގެ ތަމްރީނުތައް ހޮޓެލް ޖެންގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެކްސަސައިޒް "ދޯސްތީ 17" ގެ ތަމްރީނުތައް ހޮޓެލް ޖެންގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެކްސަސައިޒް "ދޯސްތީ 17" ފަށައިފި

profile

ރިޟްވާން މޫސާ - 17 ޖެނުއަރީ 2026 - 13:41

ދިވެހިރާއްޖެ، އިންޑިއާ އަދި ސްރިލަންކާގެ ކޯސްޓުގާޑު ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ އެކްސަސައިޒް ދޯސްތީ 17 ވަނަ ތަމްރީނުތައް މިއަދު ފަށައިފި އެވެ.

https://wamco.com.mv/

ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތު މިއަދު އޮތީ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ތަމުރީނަކީ، ދިވެހިރާއްޖެއާ އިންޑިއާގެ ކޯސްޓުގާޑުގެ މެދުގައި ރަޙުމަތްތެރިކަމާއި އޮޕަރޭޝަނަލް ކޭޕެބިލިޓީއާ އިންޓަރ އޮޕަރެބިލިޓީ ހަރުދަނާ ކުރުމުގެ މަޤުޞަދުގައި 1991 އިން ފެށިގެން ބާއްވަމުން ގެންދާ ޙަރަކާތެކެވެ.

މި ތަމްރީނުތަކުގައި އަވަށްޓެރި ސްރީލަންކާ އިންވެސް ދަނީ 2012 އިން ފެށިގެން އަންނަނީ ބައިވެރި ވަމުންނެވެ.

މިއަދު މެންދުރު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރ އޮފް ޑިފެންސް އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ދޭދޭ ކޯސްޓުގާޑުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަސައްކަތްތައް ވިލަރެސްކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނު ތަކުގައި ކަނޑުމަތީގެ ޙާދިޘާތަކުގައި ޙާލުގައިޖެހޭ މީހުން ސަލާމަތްކުރުމާއި، ކަނޑުގެ ސަރަޙައްދުގެ ސަވައިލެންސް އަދި މުވާޞަލާތީ ތަމުރީނުތަކުގެ އިތުރުން ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުމަށް ހިންގާ "މާޕޯލް" ތަމުރީނުތައް ހިމެނެއެވެ. މި ޙަރަކާތްތަކަކީ ބައިވެރިވާ ކޯސްޓްގާޑްތަކުގެ ތައްޔާރީ ޙާލަތު ވަރުގަދަކޮށް، ޕްރޮފެޝަނަލް ކޮލަބަރޭޝަން ހަރުދަނާކުރުމަށް ކުރިއަށްގެންދާ އެކްސަރސައިޒެކެވެ.

މި އަހަރުގެ "ދޯސްތީ" ޙަރަކާތުގައި މައިގަނޑުގޮތެއްގައި ކުރިއަށްގެންދާނީ "ޖޮއިންޓް ޓްރެއިނިންގ" ތަކާއި "މެރިޓައިމް އިންފޮމޭޝަން" ޝެއަރކުރުމުގެ ތަމުރީނުތަކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk