logo
ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ދޫކުރަނީ: ފޮޓޯ ހައުސިން މިނިސްޓްރީ

ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ދޫކުރަނީ: ފޮޓޯ ހައުސިން މިނިސްޓްރީ

ގުޅިފަޅުން 41 ގޯތި ހަވާލުކޮށްފި

profile

ރިޟްވާން މޫސާ - 23 ޖެނުއަރީ 2026 - 06:38

ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު 41 ފަރާތަކަށް ބިން ހަވާލުކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

https://wamco.com.mv/

މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހު ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފެށިއިރު، މިދިޔަ އޮގަސްޓު މަހުގެ 28އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައި ވެއެވެ. އެފަހުން ގުޅިފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ގުޅީފަޅުން ދޫކުރަން ހަމަޖެހިފައިވަނީ 2438 ގޯއްޗެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލަކާ ގުޅިގެން ގޯތީގެ ގުރުއަތު އަލުން ނެގުމަށްފަހު ފެށި މި މަސައްކަތުގައި، މި ޕްލޭނުގައި ދިރިއުޅުމަށާއި ސޯޝަލް ހައުސިންއަށާއި ތައުލީމީ ސިއްހީ، އިންޑަސްޓްރިއަލް، އަދި ސިޓީ ހޮޓާ ފަދަ ހިދުމަތްތަކަށް ވަނީ ބިން ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ހިތްފަސޭހަ ދިރިއުޅުމަކަށް ޕާކުތަކާއި ކުޅިވަރު ސަރަހައްދުތައް ވެސް ހިމެނެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay