
ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެއްވެސް ބަޔަކަށް ނުދޭނަން: ޑރ.ޙަލީލް

ރިޟްވާން މޫސާ - 12 މާރިޗު 2026 - 15:13
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމަ އަޢި ގުޅިގެން ރާއްޖެއަށް ދިމާވާ ދަތިތައް ހައްލުކުރަން ރައީސުލް ޖުމްހޫރިއްޔާ އުފެއްދެ ކޮމެޓީގައި އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު ޑރ.އަބުދުﷲ ޙަލީލް މިއަދު ވަނީ ނޫސްވެރިންނަށް މައުލޫމާތުދެއްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.
މިއަދު ރައީސުލް ުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފަށްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ހަލީލް ވިދާޅުވީ ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށެވެ.
ޚަލީލް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ މަސްރަހު ގޯސްވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީންނަށް ހިމާޔަތް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ އަމާންކަމާއި އިގްތިސޯދު ހިމާޔަތްކުރުމަށް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ބަންގްލަދޭޝްއަށް ޑީސަލް ސަޕްލައި ކުރަނީ
4 ގަޑިއިރު ކުރިން

ރާއްޖެ ނާދެވިފައި ތިބި 50 އުމުރާވެރިން ގެނައުމުގެ މަސައްކަތް ފަށައިފިން: ޝަހީމް
5 ގަޑިއިރު ކުރިން

ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
ދުވަހެއް ކުރިން

ޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ދުވަހެއް ކުރިން


.gif&w=3840&q=75)