
ރާއްޖެ ނާދެވިފައި ތިބި 50 އުމުރާވެރިން ގެނައުމުގެ މަސައްކަތް ފަށައިފިން: ޝަހީމް

ރިޟްވާން މޫސާ - 12 މާރިޗު 2026 - 15:13
އުމްރާގެ އަޅުކަމަށްފަހު، ރާއްޖެއަށް ނާދެވިފައި 50 އުމްރާވެރިން އެބަތިބި ކަމަށާއި، މިހާރު އެމީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީލް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ހަނގުރާމަ އާޢި ގުޅޭ ގޮތުން ރާއްޖެ އަށް ކުރާނެ އަސަރުތަކާއި ގުޅޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް ވިދާޅުވީ މިވަގުތު 2،000އަށްވުރެ ގިނަ އުމްރާވެރިން އުމްރާއަށް ގޮސް އެބަތިބި ކަމަށެވެ. އަދި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.
ޝަހީމް ވިދާޅުވީ ނާދެވިފައި މިވަގުތު ތިބި50 އުމުރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ހައްޖު ކޯޕަރޭޝަނާއި ގުޅިގެން ކަމަށެވެ.
މިނިސްޓަރު ވަނީ ނާދެބިފައި ތިބި އުމުރާވެރިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަކަންވެސް ފާހަގަކުރައްވާފަ އެވެ.
މީގެ ކުރިން މިނިސްޓަރ ޝަހީމް ވަނީ އުމުރާގެ އަޅުކަމަށް ފުރަން ބޭނުންވެ ނުފުރި ތިބި 164 ފަރާތެއް ފުރުވާލާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އެ ފަރާތްތައް ފުރުވާލާފައި ވަނީ ފުލައިޓެއް ޗާޓާރކޮށްގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ބަންގްލަދޭޝްއަށް ޑީސަލް ސަޕްލައި ކުރަނީ
4 ގަޑިއިރު ކުރިން

ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެއްވެސް ބަޔަކަށް ނުދޭނަން: ޑރ.ޙަލީލް
5 ގަޑިއިރު ކުރިން

ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
ދުވަހެއް ކުރިން

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
ދުވަހެއް ކުރިން


.gif&w=3840&q=75)