logo

އިންޑިއާއިން ބަންގްލަދޭޝްއަށް ޑީސަލް ސަޕްލައި ކުރަނީ

profile

ރިޟްވާން މޫސާ - 12 މާރިޗު 2026 - 15:31

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓްތަކަށް ބުރޫ އަރާފައިވާއިރު، އިންޑިއާއިން، ބަންގްލަދޭޝް-އިންޑިއާ ފްރެންޑްޝިޕް ޕައިޕްލައިން (ބީއައިއެފްޕީ) މެދުވެރިކޮށް ބަންގްލަދޭޝްއަށް ގާތްގަނޑަކަށް 5،000 މެޓްރިކް ޓަނުގެ ޑީސަލް ފޯރުކޮށްދޭން ފަށައިފިއެވެ.

https://wamco.com.mv/

ބަންގްލަދޭޝް-އިންޑިއާ ފްރެންޑްޝިޕް ޕައިޕްލައިން މެދުވެރިކޮށް 5,000 މެޓްރިކް ޓަނުގެ ޑީސަލް ފޮނުވާފައިވާއިރު، ޖުމްލަ 180,000 ޓަނުގެ ތެޔޮ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ތެލުގެ ދަތިކަން ކުޑަކުރުމަށް ބަންގްލަދޭޝްއިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އިންޑިއާއިން ތެޔޮ ފޯރުކޮށްދެނީ ބަންގްލަދޭޝްއިން އެކަމަށް އެދުމުން ކަމަށާއި ބީއައިއެފްޕީ ޕައިޕްލައިން މެދުވެރިކޮށް ގާތްގަޑަކަށް 180،000 ޓަނުގެ ޑީސަލް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ޓީއާރްޓީން ރިޕޯޓުކޮށްފައިވެއެވެ.

ލިގަރު ރިފައިނަރީން ޕަމްޕްކޮށްފައިވާ މި ތެޔޮ ގާތްގަނޑަކަށް 44 ގަޑިއިރު ތެރޭގައި ދިނާޖްޕޫރަށް ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއާގެ ދައުލަތުގެ މީޑިއާ ދޫދަރުޝަން ނިއުސް އިން ބުނެއެވެ.

ބަންގްލަދޭޝްއަކީ ތެލުގެ މާބޮޑު ރިޒާވްއެއް ނެތް އިމްޕޯޓަށް ބަރޯސާވާން ޖެހިފައިވާ ގައުމެެކެވެ. ތެޔޮ ސަލާމަތް ކުރުމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޔުނިވާސިޓީތަކާއި ސްކޫލްތައްވެސް ބަންދުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk