
ޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މުޙައްމަދު ފަޟްލޫން - 11 މާރިޗު 2026 - 14:54
އިރާގުގެ ކުރުދިސްތާން ސަރަޙައްދުގައި ހުންނަ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާއާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނުގައި ބުނީ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކަށް ހަމަލާދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް އާ ކަނޑައެޅިގެން ޚިލާފު، އަދި ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެވިފައިވާ ޑިޕްލޮމެޓިކް އުސޫލުތަކަށް ހުރަސްއެޅޭ ނުރައްކާތެރި އަމަލެއް ކަމަށެވެ.
ދިވެހި ސަރުކާރުން ވަނީ ބޭރު ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކުގެ ރައްކާތެރިކަމާއި ޙިމާޔަތް ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަމާއެކު ކަމަށްވެސް ހާރިޖީ ވުޒާރާއިން އާއްމުކުރި ބަޔާނުގައި ބުނެފައިވެއެވެ.
އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓަށް މި ޑްރޯން ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

އައިފޯން ގިވްއަވޭ ޕްރޮމޯޝަންގައި ގޫގުލް ފޯމް ފުރާކަށް ނުޖެހޭނެ: އެލައިޑް އިންޝިއުރަންސް
ގަޑިއިރެއް ކުރިން

ޣާލިބަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި
4 ގަޑިއިރު ކުރިން
އެއަރޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި
5 ގަޑިއިރު ކުރިން

ސްކޭމާ ދެކޮޅު ބައިނަލްއަގްވާމީ އޮޕަރޭޝަން ފަށައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)