
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މެގަ ސޭލް ޕްރޮމޯޝަން ފަށައިފި

މުޙައްމަދު ފަޟްލޫން - 20 އޯގަސްޓު 2025 - 16:25
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މެގަ ސޭލް ޕްރޮމޯޝަން ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މެގަ ޕްރޮމޯޝަންގެ ދަށުން ތަފާތު ދެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ. ލަކީ ޑްރޯގެ ގުރުއަތުން ތިން ނަސީބުވެރި ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރި ފަރާތްތަކަށް އަގުހުރި ގިނަ އިނާމު ތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި:
- 1 ވަނަ އަށް ހޮވޭ ފަރާތަކަށް - ފިލިޕްސް 50 އިންޗިގެ ޓީވީ އަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑް ގެ އައިސްއަލަމާރިއެއް
- 2 ވަނަ އަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ވޯޓަރ ޑިސްޕެންސަރ، ދޮންނަ މެށިން އަދި ހިޓާޗީގެ ފަންކާއެއް
- 3 ވަނައަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ޑިޝް ވޮޝަރ އަދި ރައިސް ކުކަރެއް
މީގެ އިތުރުން އެ ޕްރޮމޯޝަންގެ ދަށުން މީސް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މީސް މީޑިއާ ޕޭޖްތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާކޮށްގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕައެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައިގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް stopeopleschoice# ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް MegaSalePC# އާއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮށްލައިގެން ވަރަށް އަގުހުރި ފިލިޕްސް އެއާ ފަރަޔަ އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓް ތަކަކުން %35 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޮކްޓޯބަރު 20 ގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން