
ތައިލޭންޑުގެ ކުރީގެ ބޮޑު ވަޒީރަށް 1 އަހަރުގެ ޖަލު ހުކުމެއް ކޮށްފި

މުޙައްމަދު ފަޟްލޫން - 09 ސެޕްޓެމްބަރު 2025 - 10:35
ތައިލޭންޑުގެ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނާވަތުރާ އެއް އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މި ނިންމުން ނިންމީ އޭނާ 2023 ވަނަ އަހަރު އިއްވި ޖަލު ހުކުމް ތަންފީޒު ކުރީ ރަނގަޅަކަށް ނޫން ކަމަށް ބުނެއެވެ.
އޭނާ އެ ދުވަސްވަރު ހޭދަ ކުރީ ހޮސްޕިޓަލުގައެވެ.
ޝިނާވަތުރާގެ ސިޔާސީ ދަރިކޮޅަކީ ދެ ދަހަރު ވަންދެން ތައިލެންޑްގެ އަސްކަރިއްޔާއަށާއި ރަސްކަން ކުރިމަތިލާން ޖެހުނު ބޮޑު ދުޝްމަނެކެވެ.
މިހާރު، ތައިލެންޑުގައި މި އާއިލާގެ ބާރު ކުޑަ ވަމުން އަންނަކަމަށާއި އެއީ ގާނޫނީ އަދި ސިޔާސީ ގޮތުން ކުރިމަތިވި ނާކާމިޔާބީތަކަށް ފަހު ކަމަށް އެ ގައުމުގެ ރައްޔިތުން ގަބޫލުކުރެއެވެ.
އޭގެ އެންމެ ބޮޑު ހެެއްކަކީ މިދިޔަ މަހު އޭނާގެ އަންހެން ދަރިފުޅު ޕެޓޮންގްޓާން ޝިނާވަޓްރާ ބޮޑު ވަޒީރުގެ މަގާމުން ވަކިކުރުން ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.
ނަމަވެސް، މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ތައިލެންޑްގެ އެންމެ ބޮޑު ސިޔާސީ އެއް ބާރަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.
ސަސްޕެންޑުގައި ހުރި ތައިލެންޑުގެ ބޮޑުވަޒީރު، ޕެޓޮންގްޓާން ޝިނާވަތްރާ މަގާމުން ވަކި ކުރީ ހުސްވި އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ.
އޭނާ ސަސްޕެންޑް ކޮށްފައިވަނީ ތައިލެންޑާއި ކެމްބޯޑިއާއާއި ދެމެދު ޑިޕްލޮމެޓިކް މައްސަލަތަކެއް ހިނގަމުން ދަނިކޮށް، ކެމްބޯޑިއާގެ ކުރީގެ ސިޔާސީ ލީޑަރަކަށް ގުޅައި ދެއްވި ވާހަކަތަކެއްގެ ފޯނު ކޯލު ލީކުވުމާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.
އޭނާ ސަސްޕެންޑް ކުރީ ކޯޓުގައި ތިއްބެވި 9 ފަނޑިޔާރުންގެ ތެރެއިން 7 ފަނޑިޔާރުންގެ ވޯޓުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން