logo

ސަރުކާރަށް ނުވަމަސް: ކައުންސެލިން ބޭނުންވާ 139 ފަރާތަކަށް ޚިދުމަތް ދީފި

profile

ޒިދާން މުޙައްމަދު - 20 އޯގަސްޓު 2024 - 13:29

ސަރުކާރަށް ނުވަ މަސް ފާއިތުވެގެންދިޔައިރު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުން ރަނގަޅު ޚިދުމަތްކެއް ދީފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ ވުޒާރާއަށް ރިޕޯޓުކުރެވޭ ކޭސްތަކަށް ނަފްސާނީ އެހީތެރިކަމާއި ސައިކޮސޯޝަލް އެއްބާރުލުން ފޯރުކޮށްދިނުމެވެ. މިއާއެކު، ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފޯރޮކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ވޭތުވެދިޔަ ނުވަމަސް ދުވަހުގެ ތެރޭގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުންވަނީ 139 ކްލައިންޓުންނަށް ޚިދުމަތް ފޯރުކޮށްދީފައެވެ.

ހަމަ އެއާއެކު ކައުންސެލިން، ޕޭރެންޓިން ސައިކޮސޯޝަލް ސަޕޯތު ހިމެނޭހެން ޖުމްލަ 431 ސެޝަން ވަނީ ނަންގަވައިދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުސެލިންގެ 275 ސެޝަން ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ. މި މުއްދަތުގައި ކައުންސެލިން ޑިޕާޓްމަންޓުން ނަންގަވައިދެއްވި ސެޝަންތަކުގައި 215 އަންހެން ކްލައިންޓުންނާއި 60 ފިރިހެން ކްލައިންޓުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން، ބެލެނިވެރިކަމުގެ ސެޝަންގެ 82 ސެޝަނާއި، ސައިކޮސޯޝަލް ސަޕޯޓް ސެޝަންގެ 25 ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ގޭގެއަށް ޒިޔާރަތްކޮށް ސައިކޮސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ 32 ކޭހަކަށް ވަނީ އެޓެންޑްވެފައެވެ. އަތޮޅުތެރޭގެ ރަށްތަކުގެ 17 ކޭހަކަށް ވަނީ އެޓެންޑް ކޮށްފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަނީ މާލެ ސަރަހައްދާއި އަތޮޅުތެރެއިން ވެސް ހުށައެޅޭ ކޭސްތަކުގައި މަސައްކަތް ކުރަމުންނެވެ.

ސެޝަންސްތައް ނަގައިދިނުމުގެ އިތުރުން، ފާއިތުވި 9 މަސްތެރޭގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންސެލިންގް ސެކްޝަނުން ވަނީ 19 ތަމްރީނު ޕްރޮގްރާމެއްވެސް ހިންގާފައެވެ.

tel:+9607331319