logo

ދޮށީއުމުރުގެ މީހުންނަށް މަގުކޮށައިދޭނެ، އާބާދީއެއް ބިނާކުރުމަކީ އަމާޒެއް: މިނިސްޓަރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 12 ސެޕްޓެމްބަރު 2024 - 23:25

 ބާލީގައި ކުރިއަށްދާ "ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިން" ގައި ކުރިއަށް ދިޔަ "ރީ-ފްރޭމިން އޭޖިން ހައި ލެވެލް ޕެނަލް ޑިސްކަޝަން" ގައި މިނިސްޓަރު ވާހަކަދައްކަވަނީ (ފޮޓޯ/ މިނިސްޓްރީ)

ބާލީގައި ކުރިއަށްދާ "ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިން" ގައި ކުރިއަށް ދިޔަ "ރީ-ފްރޭމިން އޭޖިން ހައި ލެވެލް ޕެނަލް ޑިސްކަޝަން" ގައި މިނިސްޓަރު ވާހަކަދައްކަވަނީ (ފޮޓޯ/ މިނިސްޓްރީ)

ރާއްޖޭގައި "އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް" ސަރުކާރުގެ އަމާޒަކީ ދުޅަހެޔޮ ދޮށީއުމުގެ އާބާދީއަކަށް މަގުކޮށައިދޭނެ، ފުދުންތެރި އާބާދީއެއް ބިނާކުރުން ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ އައިޝަތު ޝިހާމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ މިހާރު އިންޑޮނޭޝިއާގެ ބާލީގައި ކުރިއަށްދާ "ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިން" ގައި ކުރިއަށް ދިޔަ "ރީ-ފްރޭމިން އޭޖިން ހައި ލެވެލް ޕެނަލް ޑިސްކަޝަން" ގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރުގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި، އެއާއި ގުޅިގެން ދެމެހެއްޓެނިވި ތަރައްގީއަށް ކުރާނެ އަސަރުތަކުގެ މައްޗަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އާބާދީ ދޮށިއުމުގެ އާބާދީއަކަށް މިސްރާބުޖަހައި، އާބާދީއަށް ބޮޑު ބަދަލުތަކެއް ބާރު ދުވެލީގައި އަންނަމުންދާއިރު، ދެމެހެއްޓެވިނި ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އާބާދީއަށް އަންނަ ބަދަލުތަކަށް ރިއާޔަތް ނުކުރެވިއްޖެނަމަ އެއީ އިގްތިސޯދީ ގޮތުން އަދި އިޖްތިމާއީ ގޮތުން ވެސް އެކިވަރުގެ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ.

އެއާއެކު ރާއްޖޭގެ އާބާދީއަށް މި ބަދަލުތައް އަންނަމުންދާކަން ދެނެގަނެ، ދުރު ރާސްތާއަށް ވިސްނައި، އާބާދީގެ ސިއްޙީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، ދޮށީ އުމުރުގެ އާބާދީއާއި ރައްޓެހި އުމްރާނީ ތަރައްގީގެ ސިޔާސަތު އެކަށައެޅުމާއި، ޖީލުގެ ތަފާތުތަކާއި ފަރަގު ކުޑަކުރަން ގައުމީ "އޭޖިންގް ޕޮލިސީ" އެއް އެކަށައެޅުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، "އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ދުޅަހެޔޮ ދޮށީއުމުގެ އާބާދީއަކަށް މަގުކޮށައިދޭނެ، ފުދުންތެރި އާބާދީއެއް ބިނާކޮށް، އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މަންފާތައް ލިބިގެންދާނެ ސިޔާސަތެއް ކަމަށް ވެސް ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި އުމްރާނީ ގޮތުންނާއި، އިގްތިސޯދީ ގޮތުންނާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ކުރެވޭ ތަފާތު މަސައްކަތްތަކާއި ހިންގާ ތަފާތު ޕްރޮޖެކްޓުތައް އެއްކީލަވާނެހެން ކުރިއަށް ގެންދިއުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ދުރު ރާސްތާގައި އެ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެނިގެންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މި މަހުގެ 11 އިން 13 އަށް ކުރިއަށްދާ މި މަހާސިންތާގައި މި ސަރަހައްދުގެ އެކި ގައުމުތަކުން 400 އަށް ވުރެ މަންދޫބުން ބައިވެރިވެ އެވެ.

tel:+9607331319