logo

އެމްޑީޕީ އިން މޯލްޑިވިއަން އަށް ދައްކަން ހުރި ފައިސާ ދެއްކުމަށް އެއްބަސްވުމެއް

profile

ޝުރުފާ މުހައްމަދު - 06 އޮކްޓޯބަރު 2024 - 19:31

ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގެ ތެރެއިން---- ފޮޓޯ: އެމްޑީޕި

ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގެ ތެރެއިން---- ފޮޓޯ: އެމްޑީޕި

މިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕޭން ކުރި ދުވަސްވަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މޯލްޑިވިއަން އެއާލައިން މެދުވެރިކޮށް ކުރި ދަތުރުތަކަށް އެ ޕާޓީން ފައިސާ ނުދައްކާ މައްސަލަ ކޯޓުން ބޭރުން ނިންމުމަށް އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.

ފައިސާ ނުދައްކާ އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީން ކުރި ދަތުރުތަކަށެވެ. އެއީ މި ނިމުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ތައްޔާރީތައް ވަމުން އައި ދުވަސްވަރު. އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

މި މައްސަލަ މޯލްޑިވިއަން އިން ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކުންފުނިން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެކި ގޮތް ގޮތުން، އެ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވެ އެވެ.

އެމްޑީޕީން ނުދައްކާ 5.6 މިލިއަން ރުފިޔާ އޮތެވެ. މި މައްސަލާގައި މޯލްޑިވިއަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އިއްޔެ އެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ކޯޓުގައިވާގޮތުން މޯލްޑިވިއަނާއި އެމްޑީޕީން ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އައިސް ދައުވާ ފޯމު ބާތިލްކުރުމަށް ކޯޓަށް ވަނީ ހުށަހަޅާފައިވެ އެވެ.

ްދެ ފަރާތުގެ މެދުގައި ވެވުނު ސެޓްލްމަންޓް އެގްރީމަންޓުގައިވާގޮތުން ފުރަތަމަ އިންސްޓޯލްމަންޓަކަށް 1 މިލިއަން ރުފިޔާ އެމްޑީޕީން ވަނީ މޯލްޑިވިއަނަށް ދައްކާފަ އެވެ. އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ނުދައްކައިފި ނަމަވެސް މި މައްސަލަ އަނބުރާ ހުށަހެޅޭ ގޮތަށެވެ.

މޯލްޑިވިއަން އަށް ފައިސާ ނުދައްކައިގެން، މޯލްޑިވިއަން އިން އެމްޑީޕީ އަށް ފޮނުވާފައިވާ ސިޓީ ސެޕްޓެމްބަރު މަހުގެ 23 އިން ފެށިގެން އޮކްޓޯބަރު 2 ގެ އާ ދެމެދު ކޮންމެ ދުވަހަކު ވެސް އެ ޕާޓީން ދަތުރުތައް ކޮށްފައިވެ އެވެ. އެ ދަތުރުތަކުގެ ބިލަށް އެރި ޖުމްލަ 5،629،861 ރުފިޔާގެ ފައިސާ އޮތީ ނުދައްކައެވެ. އެ ފައިސާ އަކީ އެ ޕާޓީން ނަގާފައިވާ ޓިކެޓުތަކާއި ޗާޓަރ ފްލައިޓުތަކަށް ނުދައްކާ ހުރި ފައިސާ އެވެ.

https://int.etukuri.mv/
tel:+9607331319