logo

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތް މިނިސްޓްރީގެ ދަށަށް

profile

އައިޝަތު އިނާޝާ - 27 އޯގަސްޓު 2024 - 18:40

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތް މިނިސްޓްރީގެ ދަށަށް ގެނައުމަށް ނިންމައިފިއެވެ.

މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގަމުން ދިޔައީ ޖެންޑަރ މިނިސްޓްރީގެ ދަށުންނެވެ.

މިސަރުކާރުގައި އެ މަރުކަޒު ހިންގަމުންގޮސްފައިވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓްގެ ދަށުންނެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ނަފްސާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން މުޖުތަމައު ތެރޭގައި ގެންގުޅުން ރައްކާތެރިކަމަށް ނުފެންނަ ފަރާތްތަކާއި، އާއިލާއާއި މުޖުތަމައުން އަޅާލުން ނުލިބި، ބެލެނިވެރި އަދި ބަލަދުވެރި ފަރާތެއް ނެތި ބެލެހެއްޓުމުގެ ޒިންމާއިން ހަވާސާވެފައިވާ ފަރާތްތަކަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހެލްތް މިނިސްތްރީގެ ދަށަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.

އެއާއެކު އެ މަރުކަޒު ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި، މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިބި މުވައްޒަފުން ވެސް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިގެންދާނެއެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރު ގާއިމު ކުރެވުނު މަރުކަޒެކެވެ.

އެ މަރުކަޒަކީ ބަލަހައްޓަނީ ޖިސްމާނީ ގޮތުންނާއި، ނަފުސާނީގޮތުންނާއި، ސިކުނޑީގެގޮތުން ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެމީހުންގެ ބެލެނިވެރިންނަށް ރައްކާތެރިކަމާ އެކު މުޖުތަމައުގައި އެ މީހުން ގެންގުޅެންދަތި މީހުންނާއި، ކުދިން ބަލަހައްޓާ މަރުކަޒެކެވެ.

މަރުކަޒުގައި ބަލިން ރަނގަޅުވި ނަމަވެސް އާއިލާތަކުން އެކި ސަބަބުތަކާ ހެދި ހަވާލުނުވެފައި ތިބި މީހުން ވެސް ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.


https://int.etukuri.mv/
tel:+9607331319