logo

ވ އަތޮޅުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ

profile

ޝާމާ ޝުޢައިބު - 22 ނޮވެމްބަރު 2024 - 20:35

ވ. އަތޮޅުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން ފަށައިފިއެވެ.

އެ މިނިސްޓްރީން ވ އަތޮޅު ކައުންސިލާއި ގުޅިގެން އެ އަތޮޅުގައި ނާޒުކު ހާލަތްތަކުގައި އަދި ދަތި ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވަނީ އެހީ ޖަމުޢިއްޔާއާއި، ވ އަތޮޅު ކައުންސިލާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން ބުނީ އެހީ ޖަމިއްޔާއިން އެ މިނިސްޓްރީއާއެކު ހަދާފައިވާ ފަހުމުނާމާއެއްގެ ދަށުން، ވ އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ދަތިހާލުގައި އުޅޭކަމަށް އެ ކައުންސިލުން ދެނެގަނެފައިވާ ޢާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޕްރޮގްރާމެއް މިހާރު ފަށާފައިވާ ކަމަށެވެ.

ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، އިޖުތިމާޢީ ޚިދުމަތްތެރިންނާއި، ދަރުމަވެރިންނާއި، އާންމު ފަރުދުންގެ ހިއްސާއާއެކު ކުރެވޭނެ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެފަދަ ކަންކަމުގައި ބައިވެރިވުމަކީ މުހިއްމު ކަމެއް ކަމަށާ އެ ކަންކަމުގައި އެހީތެރިވާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

https://int.etukuri.mv/
tel:+9607331319