
ބީއެމްއެލްގެ ބޯޑަށް އައު މެމްބަރުންނާއެކު ޗެއަރޕާސަން އައްޔަންކޮށްފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 21 ސެޕްޓެމްބަރު 2024 - 09:20
ދިވެހިރާއްޖޭގެ ގައުމީ ބޭންކު - ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ބޭންކުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ނޫވިލާގެ، އަޙްމަދު ޢަލީ ޙަބީބާއި، މަރަދޫފޭދޫ ޑޭލައިޓްވިލާ، ޢަލީ ޢިރުފާން، އަދި ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 މުޙައްމަދު ޝާހިދުއެވެ.
ހާއްސަ އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައި އަޙްމަދު ޢަލީ ޙަބީބު ވަނީ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުން:
- އަޙްމަދު ޢަލީ ޙަބީބު، ނޫވިލާގެ، ސ. ހިތަދޫ
- ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
- ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
- ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ
- ޢަލީ ޢިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
- މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90
އާންމު ހިއްސާދާރުނަގެ ފަރާތުން އިންތިޚާބުކޮށްފައިވާ ޑިރެކްޓަރުން:
- ޢަބްދުﷲ ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
- މޫސާ ރަޝީދު، މ. ޤަސީމް، ކ. މާލެ
- ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ
ބީއެމްއެލްގެ ބޯޑުގައި ޖުމުލަ 11 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ޢައްޔަންކުރައްވާ 6 މެންބަރުންނާއި، ބީއެމްއެލްއިން ޢައްޔަންކުރާ ދެ މެންބަރުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ ތިން މެންބަރުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހަފްތާއެއް ކުރިން، ކުރި މުޒާހަރާއަކާ ގުޅިގެން، ޝާމިން މިއަދު ހައްޔަރު ކޮށްފި
15 ގަޑިއިރު ކުރިން

ވައި ސާފުވާން ފެށުމުން އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވަން ފަށައިފި
17 ގަޑިއިރު ކުރިން

އިންޑޮނޭޝިއާގެ ޕަޕުއާގެ މާރުކޭޓެއްގައި ރޯވެ، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ
2 ދުވަސް ކުރިން

ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް: ރައީސް ނަޝީދު
2 ދުވަސް ކުރިން


