logo

މަސްވެރިންނަށް ނުދެވި ހުރި 17 މިލިއަން ރުފިޔާ އަންނަ ހަފްތާގައި ދެނީ

profile

އާމިނަތު ޝަފާ - 26 ސެޕްޓެމްބަރު 2024 - 21:45

މަސްވެރިންނަށް ފައިސާ ދިނުމަށް ދަނީ މަސައްކަތްކުރަމުން

މަސްވެރިންނަށް ފައިސާ ދިނުމަށް ދަނީ މަސައްކަތްކުރަމުން

މަސްވެރިންނަށް ދޭންޖެހޭ 17 މިލިއަން ރުފިޔާ އަންނަ ހަފްތާގައި ދޭނެކަން މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ބުނީ މިމަހުގެ ކުރީކޮޅުން ފެށިގެން މަސްއޮޑިފަހަރުގެ ޕެންޑިންގ ބިލްތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއިމިފްކޯއާ ދެމެދު މަޝްވަރާކޮށްގެން މިވަގުތަށް ހައްލުތަކެއް ހޯދިފައިވާ ކަމަށެވެ.

ސަރުކާރުން ދަނީ ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ ސަޕޯޓު ފޯރުކޮށްދެމުން ކަމަށާއި މިފްކޯއަށް މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުގެ އަމާޒަކީ މި ފައިސާ އަންނަ ހަފްތާގެ ނިޔަލަށް އެއްކޮށް ދައްކައި ހަލާސްކުރާނެ ކަމަށާއި އަދި މިކަމުގެ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނެ ކަމަށް މިފްކޯއިން ބުނެއެވެ.

24 އޯގަސްޓުން ފެށިގެން 25 ސެޕްޓެމްބަރުގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ 17 މިލިއަން ރުފިޔާ އެބަހުރި ކަމަށާއި މި ފައިސާ ދީ ނިންމާނެކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސްގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގުގައިކަން މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނައިރު މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދައި، މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާއެއްގައި ދަފުތަރުވެފައި ތިބި ބަޔަކަށް ހެދުމެވެ.

https://int.etukuri.mv/
tel:+9607331319