logo

3 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް ސޮއިކޮށްފި

profile

އާމިނަތު ޝަފާ - 24 ސެޕްޓެމްބަރު 2024 - 18:15

އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން

އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ދ. މީދޫ، ބަނޑިދޫ އަދި ށ. ފުނަދޫގައި އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިފްކޯއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތު ބޭއްވުނީ މަސްވެރިކަމާބެހޭ ވުޒާރާގައި މިއަދުއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވުޒާރާގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރު އަދި މިފްކޯގެ ފަރާތުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ޙަނީފެވެ.

މި މަޝްރޫޢުގެ ދަށުން އެޅޭ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ވެސް އަޅާނެއެވެ.

މި ތިން އައިސްޕްލާންޓް ނިމުމުން ދުވާލަކު ޖުމްލަ 80 ޓަނުގެ އައިސް އުފެއްދޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މިފްކޯއިން ބުނީ މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ 24 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 8 މިލިއަން ރުފިޔާ ކަމަށެވެ. އަދި މަސައްކަތުގެ މުއްދަތަކީ 8 މަސް ދުވަސްކަމަށްވެސް މިފްކޯއިން މައުލޫމާތު ދެއެވެ. މިއީ ޓިއުބު އައިސް އުފައްދާ އައިސް ޕްލާންޓްތައްކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މި އައިސްޕްލާންޓްތައް ޤާއިމުކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.



https://wamco.com.mv/
tel:+9607331319