logo

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މިފްކޯއިން ބައިވެރިވެއްޖެ

profile

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 21:45

މިފްކޯގެ މުވައްޒަފުން ކުރިއަށް ގެންދިޔަ ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން

މިފްކޯގެ މުވައްޒަފުން ކުރިއަށް ގެންދިޔަ ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން

މުޅި ރާއްޖެ ފެހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މިފްކޯއިން ބައިވެރި ވެއްޖެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ މާލެ އަތޮޅު ޕިކްނިކް އައިލެންޑް ކުޑަގިރިއަށް މިފްކޯގެ ސައިޓްތަކުން 500 ގަސް ވަނީ ހަދިޔާކޮށްފައެވެ.

މި ގަސްތައް ހަދިޔާކުރުމަށް މިއަދު މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކުޑަގިރީގެ މެނޭޖުމެންޓާއެކު އެރަށުގައި ހަފްލާއެއް ބާއްވާފައެވެ.

މި ހަފްލާގައި އެކުންފުނިން ވަނީ ރައީސް ޑރ. މުއިއްޒުގެ ތިމާވެށީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް، އެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ފުޅާ ކުރާނެކަން އިއުލާން ކޮށްފައެވެ. އަދި އެޗްޑީސީ އާއި ކުޑަގިރީގެ މެނޭޖުމެންޓުން މިކަމުގައި މިފްކޯއަށް ދިން އެހީތެރިކަމާއި އެއްބާރުލުން އެކުންފުނިން ފާހަގަކުރިއެވެ.

މި ހަފްލާގައި ކުޑަގިރިން ވަނީ މިފްކޯއަށް ޝުކުރު އަދާކޮށް، އެ ރަށް ފެހިކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތަފްސީލް ހިއްސާ ކޮށްފައެވެ. އަދި ރަށް ފެހި ކުރުމުގައި އެޗްޑީސީގެ މެނޭޖުމެންޓުން ގެންގުޅޭ ހަރުދަނާ ޕްލޭންގެ ބައެއް މައުލޫމާތު ތައްވެސް ހިއްސާކުރިއެވެ.

މިފްކޯއިން ކުޑަގިރިއަށް ހަދިޔާ ކުރި ގަސްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ހިޔާވަހިކަން ލިބޭ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިރުނދާއި ދިއްގާގެ އިތުރުން ރުއް ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319