logo

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަނީ!

profile

އަހުމަދު ޒަލީފު - 11 އޭޕްރީލު 2023 - 09:20

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ އިތުރުވެފައި

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ އިތުރުވެފައި

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

https://wamco.com.mv/

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާންމުކުރި އެ ބަލީގެއެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް މިހާރު އެންމެ ބޮޑަށް އިތުރުވަމުން ދަނީ މާލެ ސަރަހައްދުގަ އެވެ. އެގޮތުން މި މަހުގެ މިހާތަނަށް މުޅި ރާއްޖެ އިން 84 މީހަކު ކޮވިޑަށް ޕޮޒިޓިވް އިރު، އޭގެ ތެރެއިން 73 މީހުންނަކީ މާލެ ސަރަހައްދުގެ މީހުންނެވެ.

❇️COVID-19 : Vaccination Updates pic.twitter.com/YIJwJLenwP

— Health Protection Agency (@HPA_MV) April 10, 2023

އެޗްޕީއޭގެ ހިސާބުތަކުގައިވާ ގޮތުން މާލެ ސަރަހައްދުން 73 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. ސިނާއީ މަސައްކަތްކުރާ ރަށްތަކުން 11 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެ މީހުންގެ ތެރެއިން 17 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިދިޔަ މަހުގެ ފަހު ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 39ގަ އެވެ.

https://etukuri.mv/
tel:+9607331319